logoEN
Sto top
ޔޫބީއެމްއެލް ކުއީންސް ބަލިކޮށް ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ގޮޅި ފައިނަލުން ޖާގަ ހޯދައިފި

ޔޫބީއެމްއެލް ކުއީންސް ބަލިކޮށް ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ގޮޅި ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

3/15/2025, 3:25:03 PM

# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025

ޔޫބީއެމްއެލް ކުއީންސް އާއި ގޮޅި ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

މިހާރު ކުރިއަށްދާ ކުޑަހުވަދޫ ކައުންސިލް ވޯލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ހޮނިހިރު ދުވަހުގެ ރޭ ޔޫބީއެމްއެލް އާއި ގޮޅި ވާދަކުރި މެޗު ސީދާ ތިން ސެޓުން މޮޅުވެ ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ގޮޅި މުބާރާތުގެ ފައިނަލުން ޖާގަހޯދައިފިއެވެ.

Wamco

މުބާރާތުގައި ގޮޅި ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ޓްރިޕަލް ވެއާ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ ތިން ސެޓް އެއް ސެޓުން ދާލު ބުލޫސް ބަލިކޮށްފައެވެ. އަދި ޔޫބީއެމްއެލް ކުއީންސްގެ ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ދާލު ބުލޫސް އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ޓްރިޕަލް ވެއާ އަތުން ވެސް އެޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓް 17 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 8-25 ގެ ތަފާތު ބޮޑު ނަތީޖައަކުން ގޮޅި ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ އަށް ޕޮއިންޓްގެ ލީޑަކާއެކު 18-25 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ގޮޅިން ކާމިޔާބުކުރީ 23-25 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮޅީގެ ފާތިމަތު ސީނާ އަބްދުލް ރަޝީދު އެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ގޮޅި މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަަށަވަރުކުރިއިރު، ލީގުބުރުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ޔޫބީއެމްއެލް ކުއީންސް ވަނީ މުބާރާތުން ކަޓާފައެވެ.

11 މާރިޗު 25 އިން 17 މާރިޗު 25 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside