logoEN
Sto top
މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ އަތޮޅަށް!

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ އަތޮޅަށް!

އަހުމަދު ޝުރާއު

logo

3/14/2025, 5:05:31 PM

# މޯލްޑިވިއަން

--

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ބ އަތޮޅަށް ސީޕްލޭންގެ ދަތުރުތައް ކުރުމަށް ނިންމައިފި އެވެ.

Wamco

މޯލްޑިވިއަންއިން ބުނީ ބ. ފުޅަދޫ، ބ. ފެހެންދޫ އަދި ބ. ގޮއިދޫއަށް މެދުނުކެނޑި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހި ބ. އަތޮޅަށް ސީޕްލޭންގެ ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގައި ކަމަށެވެ.

އެގޮތުން އަލަށް ތައާރަފްކުރާ މި ހިދުމަތުގެ ސަބަބުން ފަސިންޖަރުންނަށް ރާއްޖޭގެ ގުދުރަތީ ރީތިކަން ގާތުން ބަލާލެވި އެސަރަހައްދަށް ކަނޑުމަގުން ކުރާ ދިގު ދަތުރު އެންމެ 25 މިނެޓަށް ކުޑަކޮށް، އަވަސް އަދި ފަސޭހަ ޓްރެވަލް އޮޕްޝަނެއް ލިބިގެންދާނެ ކަމަށެވެ.

މި ހިދުމަތް ފަށަން މޯލްޑިވިއަންއިން ނިންމި ތާރީހަކީ ކުރިއަށް އޮތް އީދު ޗުއްޓީއާވެސް ދިމާކޮށް ކަނޑައެޅި ތާރީހެއް ކަމަށްވުމާއި އެކި މި ހިދުމަތުގެ ސަބަބުން އީދު ބަންދުގައިވެސް ބ އަތޮޅަށް ދަތުރުކުރާ ފަރާތްތަކަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

މި ދަތުރުތަކަށް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ބުކިންގެ ހެދުމުގެ ފުރުސަތު ހުޅުވާލަން ވަނީ ނިންމާފައި އެވެ.

މި ދަތުރުތަކާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ ފްލައިޓް ބުކް ކުރުމަށް maldivian.aero އަށް ނުވަތަ މޯލްޑިވިއަންގެ ކޯލް ސެންޓަރ 1671 އަށް ގުޅުއްވުމަށް މޯލްޑިވިއަންއިން އެދެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside