
--
ކުލަބް މާލެ ސިޓީއިން އިންތިޒާމްކޮށްގެން ބާއްވާ "ކެރަމް ޓޯނަމަންޓް ރަމަޟާން 1446" ގެ މުބާރާތް އަންނަ ހޮނިހިރު ދުވަހުގެ ރޭ ފެށުމަށް ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުގެ މެދުގައި ބާއްވާ މި މުބާރާތުގައި، ޖުމްލަ 56 ޓީމް ބައިވެރިވިއިރު، ކޮންމެ ޓީމެއްގައި 2 ކުޅުންތެރިން ހިނެއެވެ.
މި މުބާރާތް އިންތިޒާމްކޮށް ހިންގުމުގައި އިސްކޮށް އުޅުއްވާ، މާލެ ސިޓީ ކައުންސިލްގެ ޔޫތު ޑިޕޮލަޕްމެންޓް އެގްޒެކްޓިވް ރިފްޤާ ޝިހާމް ވިދާޅުވީ، މުބާރާތުގެ ހުރިހާ މެޗްތަކެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ، މާލެ ސިޓީ ކައުންސިލްގެ ޢާންމު ޚދުމަތްތަކާ ބެހޭ އޮފީސް ހުންނަ، ތައިސޭކޮށީގެ ގޯތި ތެރޭގައި ކަމަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރޭ ގަނޑު 9:00 ގެ ފަހުން ކަމަށް ވެސް ރިފްޤާ ވިދާޅުވި އެވެ.
ރިފްޤާ ވިދާޅުވީ، މި މަހުގެ 15 އިން 18 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގެ އެއް ވަނަ ދެ ވަނަ އަދި ތިން ވަނައަށް އަންނަ ޓީމްތަކަށް، ފައިސާގެ އިނާމް ހުށެހެޅިފައިވާއިރު، އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވުން ވެސް ކުރިއަށް ދާނެ ކަމަށް ރިފްޤާ ވިދާޅުވިއެވެ.
މި މުބާރާތާ ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މިއީ މި ފަދަ މުބާރާތެއް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ. މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަޤުޞަދަކީ، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއެކު، ހުރިހާ މުވައްޒަފުން އެއްތާކުން ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ފަހިކޮށް ދިނުމެވެ.
މިމުބާރާތުގައި މޭޔަރ ޢާޒިމްގެ އިތުރުން ހަ ކައުންސިލް މެމްބަރުން ވެސް ވާދަކުރެއެވެ.
ގުޅުންހުރި

މައްޗަންގޯޅި ސަހަރާގައި ކުރަންޖެހޭ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވައިލައިފި

ގަލޮޅު ސިޓީ ޕާރކުގެ ފޭސް 2 ގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ހުޅުވައިލައިފި

އަލަށް އިމާރާތްކުރާ ސިނަމާލެ ފްލެޓްތަކުގެ ޑިޒައިން ކޮންސެޕްޓް ފާސްކޮށްފި
