logoEN
Sto top
ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އިތުރު ދެ ޕަމްޕް ގެނައުމަށް ނިންމައިފި

ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އިތުރު ދެ ޕަމްޕް ގެނައުމަށް ނިންމައިފި

އަހުމަދު ޝުރާއު

logo

3/12/2025, 4:11:40 PM

# މާލެ ސިޓީ ކައުންސިލް

--

ބޯކޮށް ވަރޭވެވޭ ދުވަސްވަރު މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، އިތުރު ގްލޯބަލް ދެ ޕަމްޕު ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

Wamco

ކައުންސިލުން، އިތުރު 2 ޕަމްޕުގެންނަން ނިންމީ މިއަދު ކުރިއަށް ދިޔަ ކައުންސިލްގެ 4 ވަނަ ދައުރުރުގެ 187 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، އަލަށް ގެނައުމަށް ނިންމާފައިވާ ޕަމްޕުތައް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ، ހެންވޭރު ކޮޅުގައި ކަމަށެވެ. ހިތް ފަސޭހަ ސިޓީއެއްގެ ގޮތުގައި މާލެ ބޭވުމަކީ، ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތް ކަމަށް ވެސް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ގެނައި ދެ ޕަމްޕު މިހާރު ވަނީ އޮޕަރޭޓްކޮށް މެއިންޓެއިންސްގެ ކަންކަން ބެލެހެޓުމަށް، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާ ހަވާލުކޮށްފައި ކަމަށާއި އެ ދެ ޕަމްޕު ބޮޑަށް ބޭނުން ކުރަމުން އަންނަނީ، މާލޭ ސިޓީގައި އެންމެ ބޮޑަށް ފެން ބޮޑުވާ، މާފަނު ކޮޅުގައި ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވީއެވެ.

"މާލޭގައި ފެން ބޮޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނަތާ 20 ، 30 އަހަރު ވެއްޖެ. މި ކަންހައްލު ނުވެ، މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، އެތަކެއް ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުންލިބޭ.: މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ މާލެ ސިޓީ ކައުންސިލުން ގެނައި ދެ ޕަމްޕަކީ ވެސް، ކައުންސިލްގެ ޓެކްނިކަލް ޓީމަކުން ޚާއްޞަ ދިރާސާތަކެއް ހެދުމަށް ފަހު، ގެނައި ޕަމްޕު ތަކެކެވެ. މިހާރު މާލޭގައި ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕުތަކަށް ވުރެ 10 ގުނަ ބާރު މިނުގައި، މިއިން ކޮންމެ ޕަންޕަކުން ވެސް ފެން ހިންދައެވެ.

މާލޭ ސިޓީ ކައުންސިލުން ފެންހިންދުމަށް މި އަހަރުގެ ކުރީ ކޮޅު ރާއްޖެ ގެނައި 2 ޕަންޕަކީ، ފެން ގަނގު ތެރޭގައި ހުންނަ، ތިން އިންޗި ފުޅާމިނުގެ ސޮލިޑް، ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެއް ކަމަށާއި، މި ޕަމްފުން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކޮށްލެވޭނެ ކަމަށް ވެސް، މޭޔަރ ޢާޒިމް ވިދާޅުވި އެވެ. އަދި މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕުތައް ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

މާލޭގައި މީގެ ކުރިން ފެންހިން ދަމުންއައީ ދޯނިފަހަރުގައި، ދިޔަހިއްކުމަށް ބޭނުންކުރާ ކަހަލަ ޕަމްޕު ތަކުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside