
ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއު: ހައި ވޮލްޓޭޖް ހޮޅިތައް އެޅުމާއި އެކު ގިނަ މަސައްކަތްތަކެއް ކުރިޔަށްދަނީ!
# އާރްޑީސީ--
ނ ހޮޅުދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރު އާރްޑީސީއިން މިއަދު ހާމަކޮށްފި އެވެ.

އާރްޑީސީއިން މިއަދު ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނީން ބުނީ ނ. ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ކާމިނީ މަގުގައި މަގު ބައްތީގެ ބިންގާ އެޅުމުގެ މަސައްކަތާއި ބޮޑުތަކުރުފާނު މަގުގައި ހައި ވޮލްޓޭޖް ހޮޅި އެޅުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 4.3 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރާނެއެވެ. އެގޮތުން 17 މަގެއްގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރާނެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސަރވޭތަކާއި، އެނޫންވެސް ހުރި މަސައްކަތްތައް ނިންމާފައިކަމަށް އާރްޑީސީން ބުނެފައިވެއެވެ. މިގޮތުން އިން-ސަރވޭ ރިޕޯޓާއި، ޓޮޕޮގްރެފީ ސަރވޭގެ މަސައްކަތާއި، މުޅި މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިނިންގެ ޖިއޯ ޓެކްނިކަލް ސަރވޭއާއި، ހައިޑްރޯލޮޖިކަލް ސަރވޭގެ މަސައްކަތްތަކާއި ސްޓޯމް ވޯޓަރ ޑިޒައިނިންގެ މަސައްކަތްވެސް ނިންމައި އެޕްރޫވެވެފައިވާކަމަށް އާރްޑީސީން ބުނެފައިވެއެވެ.
މިއީ ޖުމްލަ 71،889،120.65ރ. (ހަތްދިހަ އެއްމިލިއަން އަށްސަތޭކަ އަށްޑިހަ ނުވަހާސް ސަތޭކަ ވިހި ރުފިޔާ ފަސްދޮޅަސް ފަސް ލާރި) ގެ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 31 އޮކްޓޫބަރު 2022 ގައެވެ.
ގުޅުންހުރި

ނުވަ ރަށެއްގައި ސިއްހީ އިންފްރާސްޓްރަކްޗަރ ގާއިމްކުރުމުގެ މަސައްކަތް އެމްޓީސީސީ, ފެނަކަ އަދި އާރްޑީސީއަށް!

ކަލާފާނު ޒިޔާރަތް އާބާރުތަފިލުވައި ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއަށް!

ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއު: ހައި ވޮލްޓޭޖް ހޮޅިތައް އެޅުމާއި އެކު ގިނަ މަސައްކަތްތަކެއް ކުރިޔަށްދަނީ!
