
މައުމޫން ފައުންޑޭޝަންގެ އިޙްޔާ ފޯރަމްގައި މިރޭ ތަޤުރީރު ކުރައްވާނީ ވަޒީރު ޝަހީމް!
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ--
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން ސިލްސިލާކޮށް ބާއްވަމުން ގެންދާ އިޙްޔާ ފޯރަމްތަކުގެ މިރޭގެ ފޯރަމްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ތަޤުރީރު ކުރައްވާނެއެވެ.

މިރޭގެ ފޯރަމްގައި ވަޒީރު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ "އިޖްތިމާޢީ ޢަދާލަތު ޤާއިމު ކުރުމުގައި ޒަކާތުގެ ދައުރު" މި މަޢުޟޫއަށެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މި އިޙްޔާ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ 21:45 ގައެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމްގައިވެސް ތަޤުރީރު ކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ގުޅުންހުރި

މައުމޫން ފައުންޑޭޝަންގެ އިޙްޔާ ފޯރަމްގައި މިރޭ ތަޤުރީރު ކުރައްވާނީ ވަޒީރު ޝަހީމް!

ދަރިވަރުންގެ ތިން ވަނަ އިހްޔާ ފޯރަމް މިރޭ، ހުށައަޅައިދޭނީ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްއިން!

އިސްލާމްދީނުގެ ހިދާޔަތު ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ!
