ފަސޭހަކަމާއެކު ވައްޓަފާޅި ބަލިކޮށް ޑޭޓޯނާ ގުރޫޕްގެ އެއްވަނައަށް
# ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރުވައްޓަފާޅި އާއި ޑޭޓޯނާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 އަންހެން ޑިވިޝަން ގުރޫޕް އޭގައި ހޯމަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި ޑޭޓޯނާ އާއި ވައްޓަފާޅި ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މޮޅުވެ ޑޭޓޯނާ އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މުބާރާތުގައި ޑޭޓޯނާ ކުޅުނު ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓް އާއި ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެފައިވާއިރު، ވައްޓަފާޅިން ކުޅުނު ފުރަތަމަ މެޗުގައި ވެސްޓް އެންޑް އަތުން ސީދާ ދެ ސެޓުން އެޓީމު ވަނީ ބަލިވެފައެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޑޭޓޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 11 ލަނޑުގެ ލީޑަކާއެކު 17-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައި އެޓީމުން 26ލަނޑު ކާމިޔާބުކުރިއިރު، މިސެޓުގައި ވައްޓަފާޅިއަށް ކާމިޔާބުކުރެވުނީ އެންމެ ތިން ލަނޑެކެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑޭޓޯނާގެ ފިރުޝާނާ ނަސީރު އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ޑޭޓޯނާ އޮތްއިރު، މިމެޗުން ބަލިވި ވައްޓަފާޅި ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ހުޅު އަތުން ބަލިވި ނަމަވެސް ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނަ ޒެފާރސްއަށް

ސީދާ ދެ ސެޓުން ސަދަން ބަލިކޮށް ގުރޫޕްގެ އެއްވަނަ ކުޑަހުވަދޫ އިން ކަށަވަރުކޮށްފި

ފަސޭހަކަމާއެކު ވައްޓަފާޅި ބަލިކޮށް ގްރީން ސްޓްރީޓް އިން މުބާރާތް ނިންމާލީ މޮޅަކާއެކު
