
ރާއްޖޭގެ އިރުމަތީގައި ކޮޅިގަނޑެއް އުފެދި ކުރިޔަށް އޮތް ދެ ދުވަހު މޫސުން ގޯސް!
# މޫސުމާއިބެހޭ ގައުމީ އިދާރާ--
ރާއްޖޭގެ އިރުމަތީގައި ކޮޅިގަނޑެއް އުފެދި ކުރިޔަށް އޮތް ދެ ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމި އިދާރާއިން ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭތީ 11 އަދި 12 މާރިޗް ގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
އެއާއެކު އާންމުކޮށް ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލު ވުމަށް އެއިދާރާއިން ވަނީ ލަފާކޮށްފައި އެވެ.
މޫސުން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރަނީ އަންނަ ބުރާސްފަތިދުވަހު އެވެ. ނަމަވެސް އެދުވަހުވެސް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައި އެވެ.