logoEN
Sto top
ހުޅުމާލޭގައި ސްޓެލްކޯގެ ތެޔޮ ޓޭންކުތަކެއް ބެހެއްޓުމުގެ މަސައްކަތް އެމްޓީސީސީއަށް!

ހުޅުމާލޭގައި ސްޓެލްކޯގެ ތެޔޮ ޓޭންކުތަކެއް ބެހެއްޓުމުގެ މަސައްކަތް އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

3/10/2025, 9:17:05 AM

# ހުޅުމާލެ

--

ހުޅުމާލޭގައި ސްޓްލްކޯގެ ތެޔޮ ސްޓޯރޭޖް ޓޭންކުތަކެއް ބެހެއްޓުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

Wamco

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ދެމެދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެވެ. އެގޮތުން ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

ސްޓެލްކޯއިން ބުނީ މި އެއްބަސްވުމަކީ، ޕީކް ސީޒަނަށް ތައްޔާރުވުމުގެ އިތުރުން ގްރޭޓާ މާލޭ ޕަވަރ ޖެނެރޭޝަން ބެކަޕްގެ ގޮތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމް ކުރާ ހުޅުމާލެ ޕަވަރހައުސް އެންކްސް 2 ގައި 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކް ބެހެއްޓުމަށް ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.

އަދި މި ޓޭންކުތަކާއެކު، ކަރަންޓަށް އޮތް ޑިމާންޑާ އެއްވަރަކަށް ސްޓެލްކޯގެެ ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށް އެމްޓީސީސީން ގަބޫލުކުރެ އެވެ.

އެއްބަސްވުމުގެ ދަށުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އެ ޓޭންކުތަކުގެ ޑިޒައިންއާއި ފެބްރިކޭޝަންގެ މަސައްކަތެވެ.

ހޫނު މޫސުމާއި އަދި ރޯދަ މަހާ ދިމާކޮށް 17 މެގަވޮޓުގެ ކަރަންޓު އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ. މާލެ ސަރަހައްދުގެ ކަރަންޓުގެ ޑިމާންޑް، ޚާއްސަކޮށް ރަމަޟާން މަހު، އިތުވެގެން ދާނެ ކަމަށް ލަފާކޮށްފައިވާއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside