
ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމާއެކު ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
# ޓްރާންސްޕޯޓް މިނިސްޓްރީ--
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު ޓްރާންސްޕޯޓު މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.

އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި، އައު ޓާމިނަލް ހުޅުވުމާއެކު ޓެކްސީ ކިއުއަށް އަންނާނެ ބަދަލުތަކާއި، ޓެކްސީ އަދި ހަތަރު ފުރޮޅުލީ އުޅަނދުތައް ދަތުރުކުރާނެ މަގުތަކަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކަޝްވަރާކޮށްފައި ވެއެވެ. މީގެ އިތުރުން، އުޅަނދުތައް ޕާކުކުރުމަށް އެމްއޭސީއެލްއިން ހަމަޖައްސާނެ ސަރަޙައްދުތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި، އެއަރޕޯޓު ސަރަޙައްދުގައި ބަހައްޓާ "ރައުންޑް އެބައުޓް" ބޭނުންކުރާނެ ގޮތްތަކާ ގުޅޭ މަޢުލޫމާތު ހިމެނޭކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކުރެއެވެ.
މި ބަދަލުތަކަކީ އައު ޓާމިނަލްގެ ހިދުމަތް ފެށުމާއެކު އެއަރޕޯޓުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށް މަގުފަހިކުރުމަށް ގެނެވޭ ބަދަލުތަކެކެވެ. އަދި މި ބަދަލުތަކާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.
ގުޅުންހުރި

ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމާއެކު ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

މަގޫދޫއާއި ދަރަނބޫދޫގައި ލައިސަންސް ޓްރެކް ހުޅުވަނީ

ޑްރައިވިންގ ލައިސަންސް ތިއަރީ އިމްތިޙާނު މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ކުރިއަށް ގެންދަން ފަށަނީ
