logoEN
Sto top
ކުލަބު ޔޫޓީ ބަލިކޮށް ލީގުބުރުގެ އެއްވަނަ ވިދުވަރުން ހޯދައިފި

ކުލަބު ޔޫޓީ ބަލިކޮށް ލީގުބުރުގެ އެއްވަނަ ވިދުވަރުން ހޯދައިފި

ހަސަން ޝަމްއޫން

logo

3/9/2025, 4:20:29 PM

# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025

ޔޫޓީ އާއި ވިދުވަރު ވާދަކުރި މެޗުގެ ތެރެއިން...

މިހާރު ކުރިއަށްދާ ކުޑަހުވަދޫ ކައުންސިލް ވޯލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އާދިއްތަ ދުވަހުގެ ރޭ ކުލަބު ޔޫޓީ އާއި ވިދުވަރު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލީގުބުރުގެ އެއްވަނަ ކުލަބު ވިދުވަރުން ހޯދައިފިއެވެ.

Wamco

މުބާރާތުގައި ވިދުވަރުން ކުޅުނު ފުރަތަމަ މެޗުގައި ސިދާ ތިން ސެޓުން އަލްޓަނޭޓް ބަލިކޮށްފައިވާއިރު ދެވަަނަ މެޗުގައި ކުލަބު ޕީކޭ އަތުން އެޓީމު މޮޅުވީ ވެސް ސީދާ ތިން ސެޓުންނެވެ. އަދި ޔޫޓީގެ ފުރަތަމަ މެޗުގައި ތިން ސެޓު އެއް ސެޓުން ކުލަބު ޕީކޭ އަތުން މޮޅިވިއިރު، ދެވަނަ މެޗުގައި އަލްޓަނޭޓް އަތުން އެޓީމު މޮޅުވީ ސީދާ ތިން ސެޓުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ނުވަ ޕޮއިންޓްގެ ލީޑަކާއެކު 16-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުލަބު ޔޫޓީ އިންނެވެ. ނަމަވެސް ޖެހިގެންއައި ދެވަަނަ ސެޓް ތިން ޕޮއިންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިދުވަރުންނެވެ.

މެޗުގެ ތިންވަނަ ސެޓް އަށް ޕޮއިންޓްގެ ލީޑަކާއެކު 17-25 ގެ ނަތީޖާއަކުން ކުލަބު ޔޫޓީ އިން ކާމިޔާބުކުރިއިރު، ޖެހިގެންއައި ހަތަރުވަނަ ސެޓް އަށް ޕޮއިންޓްގެ ލީޑަކާއެކު 17-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކުލަބު ވިދުވަރުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓް 13-15 ގެ ނަތީޖާއަކުން ވިދުވަރުން ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބު ޔޫޓީގެ މުހައްމަދު އަހުސަން އެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލީގު ބުރުގެ އެއްވަނަ ކުލަބު ވިދުވަރުން ހޯދިއިރު، މިމެޗުން ބަލިވި ކުލަބު ޔޫޓީން ލީގު ބުރު ނިންމާލީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗަށް ނުކުތްއިރު ވެސް މި ދެޓީމަށް ވަނީ މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ.

4 މެއި 2025 އިން 10 މެއި 2025 ގެ ނިޔަލަށް ކުރުއަށްދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside