logoEN
Sto top
ފުރަތަމަ މެޗުގައި އަސްޕާ އަތުން ކޭއެސްސީ މޮޅުވިއިރު، ތަފާތަކީ ފިރުޝާން

ފުރަތަމަ މެޗުގައި އަސްޕާ އަތުން ކޭއެސްސީ މޮޅުވިއިރު، ތަފާތަކީ ފިރުޝާން

ހަސަން ޝަމްއޫން

logo

3/9/2025, 12:00:22 PM

# ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރު

ކޭއެސްސީ އާއި އަސްޕާ ވާދަކުރި މެޗުގެ ތެރެއިން...

މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 ފިރިހެން ޑިވިޝަން ގުރޫޕް ބީގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ހަތަރުވަނަ މެޗުގައި ކުޑަހުވަދޫ ސްޕޯޓްސް ކުލަބު (ކޭއެސްސީ) އާއި އާޖީލަކަށް ސްޕޯޓްސް ޕާފޯމެންސް އެކަޑަމީ (އަސްޕާ) ވާދަކުރި މެޗު ސީދާ ދެ ސެޓުން ކޭއެސްސީ ކާމިޔާބުކޮށްފިއެވެ.

Wamco

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 8-12 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޭއެސްސީ އިންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ކޭއެސްސީ އިން ކާމިޔާބުކުރީ 12-11 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޭއެސްސީގެ ފިރުޝާން މުހައްމަދު އެވެ.

7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހިވޭގޮތަށެވެ.

ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside