ވާދަވެރި ކުޅުމަކަށްފަހު ފިއޮންޓީ އަތުން ލާސާއަށް އުނދަގޫ މޮޅެއް
# ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރުފިއޮންޓީ އާއި ލާސާ ވާދަކުރި މެޗުގެ ތެރެއިން..
މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 ފިރިހެން ޑިވިޝަން ގުރޫޕް އޭގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލާސާ) އާއި ފިއޮންޓީ ސްޕޯޓްސް އެކަޑަމީ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލާސާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ދެ ޕޮއިންޓްގެ ލީޑަކާއެކު 8-10 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލާސާ އިންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް ތިން ޕޮއިންޓްގެ ލީޑަކާއެކު 9-12 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފިއޮންޓީން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެއްރުމަށް ކުޅެވުނު ޝޫޓްއައުޓް ސެޓް ވާދަވެރި ކުޅުމަކަށްފަހު 4-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލާސާ އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލާސާގެ ގޯލްކީޕަރު އާދަމް އާއިން މުހައްމަދު ޝާހިދު އެވެ. އަދި މިމެޗުން ލާސާ މޮޅުވީ ޝޫޓްއައުޓް ސެޓުގައި އާއިން ކާމިޔާބުކުރި ލަނޑަށް ލިބުނު ދެ ޕޮއިންޓާއެކު އެވެ.
7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހިވޭގޮތަށެވެ.
ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ހާޒިމް ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު މައިލޯ ސިޓީން އާކް ބަލިކޮށްފި
