
--
ފ. އަތޮޅުގެ މަގޫދޫ އަދި ދަރަނބޫދޫގައި އައު ލައިސަންސް ޓްރެކެއް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި ހުޅުވޭ ޓްރެކް އާއިއެކު، އެ ދެ ރަށުގެ ރައްޔިތުންނަށް 'އޭ' ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް (ލައިސަންސް ކާޑު) ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި ޓްރެކް ހުޅުވުމުގެ ކުރިން މި މިނިސްޓްރީގެ ޓީމެއް ވަނީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގުމަށް އެރަށް ޒިޔާރައްކޮށްފައެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ލައިސަންސް ޓްރެކް ހިންގުމަށް ބޭނުންވާ ތަމްރީނުތައް ކައުންސިލަށް ދިނުމެވެ.
މި އައު ޓްރެކް ހުޅުވުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމަށްޓަކައި ކައިރި އެހެން ރަށްރަށް އަދި މާލެ އައުމުގެ ބުރަ ލުއިވެގެންދާނެއެވެ. އަދި މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ.
މީގެ އިތުރުން، ފާއިތުވި ޑިސެމްބަރު މަހުގެ ތެރޭގައި މ. ކޮޅުފުށީގައި ވެސް ވަނީ ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވާފައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޓްރެކްތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ޑްރައިވިންގ ލައިސަންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ގުޅުންހުރި

ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމާއެކު ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

މަގޫދޫއާއި ދަރަނބޫދޫގައި ލައިސަންސް ޓްރެކް ހުޅުވަނީ

ޑްރައިވިންގ ލައިސަންސް ތިއަރީ އިމްތިޙާނު މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ކުރިއަށް ގެންދަން ފަށަނީ
