logoEN
Sto top
ފަސޭހަކަމާއެކު އަލްޓަނޭޓް ބަލިކޮށް ކުލަބު ޕީކޭ އިން މުބާރާތް ނިންމާލީ މޮޅަކާއެކު

ފަސޭހަކަމާއެކު އަލްޓަނޭޓް ބަލިކޮށް ކުލަބު ޕީކޭ އިން މުބާރާތް ނިންމާލީ މޮޅަކާއެކު

ހަސަން ޝަމްއޫން

logo

3/8/2025, 9:05:15 PM

# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025

ކުލަބު ޕިކޭ އާއި އަލްޓަނޭޓް ވާދަކުރި މެޗުގެ ތެރެއިން..

މިހާރު ކުރިއަށްދާ ކުޑަހުވަދޫ ކައުންސިލް ވޯލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ހޮނިހިރު ދުވަހުގެ ރޭ ކުލަބު ޕީކޭ އާއި އަލްޓަނޭޓް ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ކުލަބު ޕީކޭ އިން މުބާރާތް ނިންމާލީ މޮޅަކާއެކު އެވެ.

Wamco

މުބާރާތުގައި ކުލަބު ޕީކޭ ކުޅުނު ފުރަތަމަ މެޗުގައި ކުލަބު ޔޫޓީ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ވިދުވަރު އަތުން އެޓީމު ބަލިވީ ސިދާ ތިން ސެޓުންނެވެ. އަދި އަލްޓަނޭޓްގެ ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުނަ ކުލަބު ޔޫޓީ އަތުން ބަލިވިއިރު ދެވަނަ މެޗުގައި ވިދުވަރު އަތުން ވެސް އެޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓު ކުލަބު ޕީކޭ އިން ކާމިޔާބުކުރީ ތިން ޕޮއިންޓްގެ ލީޑަކާއެކު 25-22 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ސެޓުގައި ކުލަބު ޕީކޭގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 10 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 25-15 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓް އަށް ޕޮއިންޓްގެ ލީޑަކާއެކު 18-25 ގެ ނަތީޖާއަކުން ކުލަބު ޕީކޭ ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބު ޕީކޭގެ ޝާމިލް މުހައްމަދު އެވެ.

މިނަތީޖާއެކު ލީގު ބުރުގައި ކުޅުނު ތިން މެޗުން ކުލަބު ޕީކޭއަށް ލިބުނު ތިން ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ތާވަލުގެ ތިންވަނައިގައި އޮވެއެވެ. އަދި މިމެޗުން ބަލިވި އަލްޓަނޭޓް ލީގުބުރުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، އެޓީމުން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮވެއެވެ.

4 މެއި 2025 އިން 10 މެއި 2025 ގެ ނިޔަލަށް ކުރުއަށްދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside