logoEN
Sto top
ޣާއްޒާ އާރާސްތުކުރުމުގެ އަރަބި ލީގު ސަމިޓުގެ ޕްލޭނަށް ރާއްޖޭގެ ތާއީދު!

ޣާއްޒާ އާރާސްތުކުރުމުގެ އަރަބި ލީގު ސަމިޓުގެ ޕްލޭނަށް ރާއްޖޭގެ ތާއީދު!

އަހުމަދު ޝުރާއު

logo

3/8/2025, 8:25:50 AM

# ހާރިޖީ ވުޒާރާ

--

އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ އެކްސްޓްރާ އޯޑިނަރީ ސެޝަންގައި ފޮރިން މިނިސްޓަރ ޑރ.ޢަބްދުالله ޚަލީލް ބައިވެރިވެވަޑައިގެން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޙަމަލާތަކާއި، ފަލަސްޠީނުގެ ބިމުން ފަލަސްތީނު ރައްޔިތުން ބަދަލުކުރުމަށް އިޒްރޭލުން ގޮވަމުންދާ ގޮވާލުމާއި ދެކޮޅަށް މަޝްވަރާކުރައްވައިފިއެވެ.

Wamco

އިއްޔެ ސައުދީގެ ޖިއްދާގައި ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ ތަމްސީލު ކުރައްވައި ޚަލީލް ދެއްކެވި ވާހަކަފުޅުގައި، އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޙަމަލާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންދާތީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އަދި މިނިސްޓަރ ޑރ.ޚަލީލް ވަނީ ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކުރުމަށް މިހާރު ގޮވާލަމުންދާ ގޮވާލުންތައް ކުށްވެރިކުރައްވައި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށާއި ދާއިމީގޮތެއްގައޮ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ޢަރަބި ލީގު ސަމިޓުގައި ޣައްޒާ އާރާސްތުކުރުމުގެ ޕްލޭނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގައި ޔަގީންކަން އަރުވާފައި އެވެ.

މިނިސްޓަރ ޑރ.ޚަލީލް ދެއްކެވި ވާހަކަފުޅުގައި ފަލަސްޠީނުގެ ބިމުގައި އދ.ގެ އެޖެންސީތައް ތިބުމާއި ޙަރަކާތްތަކާ ގުޅޭ ގޮތުން އިސްރާއީލުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން ރާއްޖެއިން ފިޔަވަޅުއެޅުން އިޢުލާނުކުރުން ފަދަ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ގެނެވޭނީ ފަލަސްތީނުގެ ވެރިރަށަކީ 1967 ގެ ކުރިން އިރުމަތީ ގުދުސް އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއް ގާއިމުކޮށްގެން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside