
ަސީދާ ތިން ސެޓުން ކުލަބު ޕީކޭ ބަލިކޮށް ވިދުވަރުން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި
# ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025# ދިވެހި ކުޅިވަރުކުލަބު ޕީކޭ އާއި ވިދުވަރު އެސްސީ ވާދަކުރި މެޗުގެ ތެރެއިން...
މިހާރު ކުރިއަށްދާ ކުޑަހުވަދޫ ކައުންސިލް ވޯލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ހުކުރު ދުވަހުގެ ރޭ ކުލަބު ޕީކޭ އާއި ވިދުވަރު ސްޕޯޓްސް ކުލަބު ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ވިދުވަރުން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި ވިދުވަރުން ކުޅުނު ފުރަތަމަ މެޗުގައި ސިދާ ތިން ސެޓުން އަލްޓަނޭޓް ބަލިކޮށްފައިވާއިރު، ޕީކޭގެ ފުރަތަމަ މެޗުގައި ޔޫޓީ އަތުން އެޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓު ވިދުވަރުން ކާމިޔާބުކުރީ 30-32 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓު ހަ ޕޮއިންޓްގެ ލީޑަކާއެކު 25-19 ގެ ނަތީޖާއަކުން ވިދުވަރުން ކާމިޔާބުކުރިއިރު، ތިންވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބު ވިދުވަރުގެ ޝަމާއިލް ހުސެއިން އެވެ.
މިނަތީޖާއެކު ކުޅުނު ދެމެޗުން ކުލަބު ވިދުވަރަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ސެޓުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގުބުރުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޕީކޭ ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ ފުލުގައެވެ.
4 މެއި 2025 އިން 10 މެއި 2025 ގެ ނިޔަލަށް ކުރުއަށްދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
ގުޅުންހުރި

ވެމްކޯ ބަލިކޮށް އެފްސީ ހަބޭސް އިން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި

ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ޔޫބީއެމްއެލް ކުއީން ބަލިކޮށް ދާލު ބުލޫސް އިން ފެންވަރު ދައްކާލައިފި

ސީދާ ތިން ސެޓުން ޓްރިޕަލް ވެއާ ބަލިކޮށް ގޯޅިން މުބާރާތް ފެށީ އިތުބާރާއެކު
