logoEN
Sto top
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 400 ވޭޕު ސްޓިކު އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 400 ވޭޕު ސްޓިކު އަތުލައިގެންފި

އަހުމަދު ޝުރާއު

logo

3/6/2025, 5:36:00 PM

# ކަސްޓަމްސް ސާވިސަސް

--

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕު ސްޓިކު އަތުލައިގެންފި އެވެ.

Wamco

ކަސްޓަމްސްއިން މިއަދު ބުނީ ޖެނެރަލް ކާގޯގެ ގޮތުގައި ކަސްޓަމްސަށް ޑިކްލެއަރކޮށްފައިވާ މި ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ތެރޭގައި ވޭޕް ސްޓިކް ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، ތުރަށް ބެލިބެލުމުން 400 ވޭޕް ހިމެނޭ ޕެކޭޖެއްވަނީ އަތުލައިގަނެވިފައި ކަމަށެވެ.

ނަމަވެސް މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ.

ފުލުހުންވެސް މިއަދު ވަނީ މާލޭގައި ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާކަަމަށް ފުލުުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ހާމަކޮށްފައި އެވެ. އެގޮތުން އެ އޮޕަރޭޝަނުގައި، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައިފާސްކޮށްފައިވާ ކަމަށާއި ބަލައިފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖްއާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ. އަދި އެ މައްސަލައާ ގުޅިގެން އެމްޑީ އަބޫ ސުފްޔާން، ބަނގްލަދޭޝް (27އ) މީހާކު ވަނީ ހައްޔަރުކޮށްފައި އެވެ.

އޭގެ އިތުރުން ، ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ފިހާރަ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެވަނީ ނެސްފައިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC