logoEN
Sto top
ރައީސްގެ ނިންމެވުމާ އެއްގޮތަށް މި ރަމަޟާންމަހު ފެނަކައިގެ ކަސްޓަމަރުންނަށްވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެ!

ރައީސްގެ ނިންމެވުމާ އެއްގޮތަށް މި ރަމަޟާންމަހު ފެނަކައިގެ ކަސްޓަމަރުންނަށްވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެ!

އަހުމަދު ޝުރާއު

logo

3/2/2025, 10:23:38 AM

# ފެނަކަ ކޯޕަރޭޝަން

--

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މި ރަމަޟާންމަހު ފެނަކައިގެ ކަސްޓަމަރުންނަށްވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެކަމަށް އެކުންފުނިން ބުނެފި އެވެ.

Wamco

މިއަދު އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ރަމަޟާން މަހަކީ ރައްޔިތުން އަސާސީ ޚިދުމަތްތަކަށް ކުރާ ހޭދަ ޢާންމު މަސްމަހަށް ވުރެ އެތައް ގުނައެއް އިތުރުވެގެން ދާ މަހެއްގެ ގޮތުގައި އަބަދުވެސް ފާހަގަ ކުރެވޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މި ރަމަޟާންމަހު ވެސް ރައްޔިތުން ބޭނުންކުރާ ކަރަންޓާއި ފެނަށް ކުރަންޖެހޭ ހޭދަ، ޢާންމު މަހަކަށްވުރެ އިތުރުނުވާނެ ގޮތަކަށް އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

މިއާިއއެކު ރައީސް މި ނިންމެވުން ތަންފީޒު ކުރުމުގެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި ހުރިހާ ޔޫޓިލިޓީ ކުންފުނިތަކުގެ މެދުގައި ކުރެވުނު މަޝްވަރާއިން އެއްބަސްވެވިފައިވާ ގޮތުގެމަތިން ފެނަކައިން ވެސް މި ރަމަޟާންމަހު 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ކަސްޓަމަރުން ބޭނުންކުރާ ފެނާއި ކަރަންޓުގެ ޚިދުމަތަށް 4 ގޮތަކަށް ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފައިވާ ކަމަށް އެކުންފުނުން ހާމަކުރެއެވެ.

ފެނަކައިން ޑިސްކައުންޓް ދޭން ނިންމާފައިވާ ގޮތްތައް

1. 2024 ވަނަ އަހަރު އެންމެ ހޫނު ގަދަ ކަމަށް ފާހަގަ ކުރެވުނު ފެބްރުއަރީ، މާރޗް އަދި އޭޕްރިލް 03 މަސް އުނި ކުރުމަށްފަހު، ބާކީ 09 މަހުގެ ފެން އަދި ކަރަންޓު ބިލުގެ އެވަރެޖަށް ވާ މިންވަރަށްވުރެ، މި ރަމަޟާންމަހުގެ ކަރަންޓު ބިލާއި ފެންބިލުން އިތުރު ވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.

2. ފާއިތުވި އަހަރުގެ އެވަރެޖާއި މި ރަމަޟާން މަހުގެ ބިލުގެ ފަރަޤު، ބިލުގެ 10 އިންސައްތަ އަށްވުރެ ކުޑަ ނަމަ، މުޅި ބިލުން ޖުމްލަ 10 އިންސައްތަ ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.

3. މި ރަމަޟާން މަހުގެ ބިލްގެ ޢަދަދު ފާއިތުވި އަހަރުގެ އެވަރެޖަށްވުރެ ކުޑަނަމަ، މުޅި ބިލުން ޖުމްލަ 10 އިންސައްތަ ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.

4. ފެނާއި ކަރަންޓުގެ ޚިދުމަތް އަލަށް ހޯއްދަވާ ފަރާތްތަކަށް ރަމަޟާން މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.

އެހެންކަމުން، މި ރަމަޟާންމަސް ނިމިގެން ލިބޭ ފެން ބިލާއި ކަރަންޓު ބިލްތަކަށް އަރާނެ މިންވަރު ދުރާލައި އަންދާޒާކުރެއްވުމަށް ކަސްޓަމަރުންނަށް ފަސޭހަވެ، ފެން ބިލާއި ކަރަންޓު ބިލް ބޮޑުވެގެން ނުދާނެކަމުގެ ޔަޤީންކަން ލިބިގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ. އަދި މިއީ ރައްޔިތުންނަށް ސީދާގޮތުން ލުއިފަސޭހަ ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރެވިގެންދާ ކަމެއްކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside