logoEN
Sto top
ކަނޑުގަދަވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ހުދު ސަމާލު!

ކަނޑުގަދަވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ހުދު ސަމާލު!

އަހުމަދު ޝުރާއު

logo

3/2/2025, 8:14:51 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި އެކު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ދ އަތޮޅާއި ހަމައަށެވެ. އެގޮތުން އެސަމާލު ނެރެފައިވަނީ މިއަދުގެ 12:30 އިން ފެށިގެން 17:30 ގެ ނިޔަލަށެވެ.

ހުދު ސަމާލުގެ މުއްދަތުގެ އެސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ރާއްޖެއިން މިހާރު ކުރަމުން އަންނަ ވިއްސާރައާއި އެކު ފެންބޮޑުވުމުގެ ހާދިސާތައް ގިނަ ވެފައިވާއިރު އިއްޔެ ރެކޯޑު އަދަދަކަށް ކ ދިއްފުއްޓަށް ވަނީ ވާރޭވެސް ވެހިފައި އެވެ. ދިއްފުއްޓަށް 291.1 މިލިމީޓަރުގެ ވާރޭވެހުނު އިރު އެއީ މިހާތަނަށް 24 ގަޑިއިރުގެ ތެރޭގައި ރައްޖޭގެ ރަށަކަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވުނު ފަހަރު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައިވާއިރު މިއަދު ހެނދުނު ދިގުރަށުން މާލެއަށް ދަތުރުރަމުން ދިޔަ ލޯންޗެއް އަޑިޔަށް ގޮތް 4 ކުޑަކުދިން ހިމެނޭހެން 48 މީހަކު ވަނީ ކަނޑުވެފައި އެވެ. ނަމަވެސް ފުލުހުން މިހާރު ވަނީ ކަނޑުވި އެންމެން ސަލާމާތްކޮށްފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside