
--
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ އޮރެންޖު އިންޒާރު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން އޮރެންޖު އިންޒާރު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ދ އަތޮޅަށް މިރޭގެ 00:00 ގެ ނިޔަލަށެވެ.
މި އިންޒާރުގެ މުއްދަތުގައި ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި އެވެ.
ރާއްޖެއިން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން ފާއިތުވި ދެދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލުވެސް ނެރެފައިވެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މޫސުން ރަނގަޅު ވާން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.