logoEN
WAMCO TOP 1
ދެކުނުގެ ދެ ސިޓީ ރީނދޫ ސަމާލުގައި

ދެކުނުގެ ދެ ސިޓީ ރީނދޫ ސަމާލުގައި

އަހުމަދު ޝުރާއު

logo

3/1/2025, 10:12:57 AM

# ރީނދޫ ސަމާލު

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި އެކު ދެކުނުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

THE TRAVELLER AD

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ފުވައްމުލައް ސިޓީއިން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިއަދުގެ 18:30 ގެ ނިޔަލަށެވެ.

އެގޮތުން ރީނދޫ ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި އެވެ.

ރާއްޖެއިން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން ފާއިތުވި ދެދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލުވެސް ނެރެފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC