
ރީނދޫ ސަމާލު
ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މިއަދު ހެނދުނު ނެރުނު ރީނދޫ ސަމާލު، މިއަދުގެ މެންދުރާއި ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ދަންމާލައިފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ ހަމައަށެވެ. މި ސަރަހައްދަށް ސަމާލު ނެރެފައިވަނީ މިއަދުގެ 14:30 ގެ ނިޔަލަށެވެ.
އެ އިދާރާއިން ބުނީ މި މުއްދަތުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު, މި މަސް ނިމުމުގެ ކުރިން ހުޅަނގު މޫސުމުގެ ބާރުގަދަވެ މުޅި ރާއްޖެއަށް މި މޫސުމުގެ އަސަރު ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަސް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.