logoEN
Sto top
ގާފު ރެސިޕީ: ރާސްބެރީ ކްރީމް ޗީޒް ކުކީޒް

ގާފު ރެސިޕީ: ރާސްބެރީ ކްރީމް ޗީޒް ކުކީޒް

ސާރާ އަހުމަދު

logo

3/7/2025, 6:00:00 AM

# ގާފު ރެސިޕީ

--

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

Wamco

މި ސެެގްމެންޓުގެ ތެރެއިން ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ތަފާތު އަދި ރާއްޖެއިން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް ގެނެސްދެވޭނެ އެވެ. ކޮންމެ ދުވަހަކުވެސް ގެނެސްދޭ ރެސިޕީ ނޫހުގައި ޝާއިރުކުރާނީ މެންދުރުގެ ވަގުތުގައި އެވެ.

މިއަދުގެ ރެސިޕީއަކީ ރާސްބެރީ ކްރީމް ޗީޒް ކުކީޒް އެވެ.

ރާސްބެރީ ކްރީމް ޗީޒް ކުކީޒް ހެދުމަށް ބޭނުންވާ ތަކެތި:
  • 1/2 ޖޯޑު ރާސްބެރީ (ކުދިކޮށް ކޮށާފައި)
  • 1 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް
  • 1 ¾ ޖޯޑު ފުށް
  • 1 ސައިސަމުސާ ބޭކިންގ ޕައުޑަރ
  • ¼ ސައިސަމުސާ ލޮނު
  • ¼ ޖޯޑު އަންސޯލްޓަޑް ބަޓަރ (ރޫމް ޓެމްޕަރޭޗަރ ގައި)
  • 4 އައުންސް ކްރީމް ޗީޒް
  • ¾ ޖޯޑު ހަކުރު
  • 2 ސައިސަމުސާ ވެނީލާ އެސެންސް
  • 2 ބިސް
  • ވައިޓްޗޮކްލެޓް ޗިޕްސް
  • 2 މޭޒުމަތީ ސަމުސާ ފުށް
ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ރާސްބެރީ ކުދިކޮށް ކޮށާލާށެވެ. އަދި އޭގެ ތެރެއަށް ލުނބޯ ޖޫސްކޮޅު އަޅާފައި އެއްކޮށްލާށެވެ.

އެހެން ތަށްޓެއްގައި ފުށް, ބޭކިންގ ޕައުޑަރ އަދި ލޮނު ފުރާނާލާފައި ވަކިން ބަހައްޓާލާށެވެ.

ދެން ބަޓަރ އަދި ކްރީމް ޗީޒް އެއްކޮށްލާށެވެ. އަދި އޭނގެ ތެރެއަށް ހަކުރު, ވެނީލާ އެސެންސް އަދި ބިސް އަޅާލާފައި އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ކުރިން ފުރާނާފައި ހުރި ތަކެތި މަޑުމަޑުން އަޅަމުން އެއްކުރަމުން ގެންދާށެވެ. ހުރިހާ އެއްޗެށް އެއްވުމުން އޭނގެ ތެރެއަށް ވައިޓް ޗޮކްލެޓްކޮޅު އަޅާލާފައި އެއްކޮށްލާށެވެ.

ދެން ރާސްބެރީއަށް އަޅާފައި ހުރި ލުނބޯ ޖޫސް ޑްރެއިންކޮށްލާށެވެ. އަދި އޭނގެ ތެރެއަށް ފުށްކޮޅު އަޅާފައި އެއްކޮށްލާށެވެ.ދެން ކުރިން އެއްކުރި އެއްޗިހީގެ ތެރެއަށް ރާސްބެރީ އަޅާފައި މަޑުމަޑުން އެއްކޮށްލާށެވެ.

ފްރިޖްގައި 10 މިނިޓް ވަންދެން ފިނިކޮށްލާށެވެ. ދެން ކުދި ބޯޅަހެން ހަދާފައި ޓްރޭގައި އަތުރާލާށެވެ. 13-15 މިނިޓް ވަންދެން ފިހެލާށެވެ.

މި ރެސިޕީ ވެގެންދާނީ ރާސްބެރީ ލޯބި ކުރާ ފަރާތްތަކަށް ވަރަށް ކަމުދާ ރެސިޕީއަކަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside