
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެދު ރާއްޖެ ރާއްޖެ ތެރެއަށް ރީނދޫ ސަމާލު!
# މޫސުމާއިބެހޭ ގައުމީ އިދާރާ--
މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް މިއަދުގެ 16:00 ގެ ނިޔަލަށެވެ.
އެގޮތުން ރީނދޫ ސަމާލުގެ މުއްދަތުގައި އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް އެއިދާރާއިން ލަފާކުރެއެވެ.
އިއްޔެއިން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު މިއަދުގެ މެންދުރު ފަހު 15:00 ގެ ނިޔަލަށް ދެކުނުގެ ސަރަހައްދުތަކަށް ހުދު ސަމާލުވެސް ވަނީ ނެރެފައި އެވެ. އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއި އެކު ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.