logoEN
Sto top
މަސްޖިދުލް ޝަހީދު ޢަލީ މިސްކިތުގެ މަސައްކަތް ރަމަޟާން މަހަށް ނިންމާލެވޭނެ - ސިޓީ ކައުންސިލް

މަސްޖިދުލް ޝަހީދު ޢަލީ މިސްކިތުގެ މަސައްކަތް ރަމަޟާން މަހަށް ނިންމާލެވޭނެ - ސިޓީ ކައުންސިލް

އަހުމަދު ޝުރާއު

logo

2/25/2025, 8:41:48 AM

# މާލެ ސިޓީ ކައުންސިލް

--

ބަރަކާތްތެރި ރަމަޟާން މަހަށް މަސްޖިދުލް ޝަހީދު ޢަލީ މިސްކިތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

Wamco

ކައުންސިލްގެ ފަރާތުން ޝަހީދު ޢަލީ މިސްކިތުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިސްކިތުގެ ގްރައުންޑް ފުލޯގައި މިއަދު އެއްކޮށް ނެވިލޯން އަޅައި ނިންމުމަށް ވަނީ ހަމެޖެހިފައެވެ.

ވާރޭ ވެހި ފެންބޮޑުވާ ދުވަސްތަކުގައި މިސްކިތައް ވަދެ ނިކުމެ އުޅުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ޝަހީދު ޢަލީ މިސްކިތަށް ވަދެ ނިކުމެ ހެދުމަށް އުސްކޮށް، ސިޑިބަރިއަކާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައި މިސްކިތަށް ވެދެ ނިކުމެ ހެދުމަށް ބޭނުން ކުރާ ރޭމްޕު ނިންމުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

މީގެ އިތުރުން މިސްކިތުގެ މެމްބަރު އާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މި މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ ހޯމަ ދުވަހު ހަވީރުގެ ވަގުތެއްގައި މިސްކިތަށް ޒިޔާރަތްކުރައްވާފައެވެ.

މުލަ ރޯދަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside