logoEN
Sto top
ސާބާ ވިމެންސް ޗެމްޕިއަންޝިޕް: ނޭޕާލް ކަޓުވާލުމަށްފަހު ރާއްޖެ އިން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

ސާބާ ވިމެންސް ޗެމްޕިއަންޝިޕް: ނޭޕާލް ކަޓުވާލުމަށްފަހު ރާއްޖެ އިން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

2/25/2025, 12:00:00 AM

# ބާސްކެޓްބޯލް އެސޯސިއޭޝަން# ދިވެހި ކުޅިވަރު

ރާއްޖެއާއި ނޭޕާލް ވާދަކުރި މެޗުގެ ތެރެއިން...

އިންޑިއާގެ މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ޗެމްޕިއަންޝިޕް 2025 ގައި މިއަދު ކުޅުނު މެޗުގައި 53-46 ގެ ނަތީޖާއަކުން އެންމެ ފަހުގެ ރަނަރަޕް އެނޭޕާލް ބަލިކޮށް ދިވެހި ގައުމީ ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

Wamco

މެޗުގެ ފުރަތަމަ ދެކުއާޓާގައި ދިވެހި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ކުއާޓާގެ ކުޅުން ނިމިގެންދިޔައިރު، 11 ޕޮއިންޓްގެ ލީޑަކާއެކު 26-15 ގެ ނަތީޖާއަކުން ކުރީގައި އޮތީ ދިވެހި ޓީމެވެ.

ނަމަވެސް މެޗުގެ ތިންވަނަ ކުއާޓާގައި ނޭޕާލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް ވެސް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިކުއާޓާގައި 35-34 ގެ ނަތީޖާއަކުން އެޓީމު ލީޑު ވެސް ހޯދިއެވެ. ނަމަވެސް ހަތަރުވަނަ ކުއާޓާގައި ދިވެހި ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ހަތް ޕޮއިންޓްގެ ލީޑަކާއެކު 46-53 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. އަދި މި މެޗުގައި ދިވެހި ޓީމުގެ އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 19 ޕޮއިންޓް ކާމިޔާބުކޮށްދިން ރައިފާ އިބްރާހިމް އެވެ.

މިއީ، ރާއްޖޭން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ބޭއްވި ސާބާގެ ދެ މުބާރާތުގައި ވެސް ރާއްޖެ އަށް ލިބުނީ ތިން ވަނަ އެވެ. އެއީ، 2016 ވަަނަ އަހަރާއި 2022 ވަނަ އަހަރު އެވެ. މުބާރާތުގެ އެންމެ ފަހު ދެއަހަރުގެ ޗެމްޕިއަން، ސްރީ ލަންކާ އިން މުބާރާތް ފަށަން މަހެއްހާ ދުވަހަށް ވެފައި އޮއްވައި، މުބާރާތުގައި ވާދަނުކުރަން ނިންމާފައިވާއިރު، މިއަހަރުގެ މުބާރާތުގައި ވާދަކުރަމުންދަނީ ރާއްޖެ އާއި ނޭޕާލުގެ އިތުރުން މުބާރާތް ބާއްވާ ގައުމު އިންޑިޔާ އެވެ. ލީގު އުސޫލުން ކުރިއަށް ގެންދާ މިމުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާ އިން ވަނީ 113-32 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނޭޕާލް ބަލިކޮށްފަ އެެވެ. އަދި ރާއްޖެ އަތުން ބަލިވެ ނޭޕާލް މުބާރާތުން ކަޓާފައިވާއިރު، އެޓީމަކީ އެންމެ ފަހުން ބޭއްވި ދެ މުބާރާތުގެ ވެސް ރަނަރަޕް ޓީމެވެ. މީގެ އިތުރުން މިމުބާރާތުގެ ފައިނަލް މެޗު އަންނަ ބުދަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ލީގު ބުރުގައި އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗު އޮންނާނީ މާދަމާ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC