logoEN
WAMCO TOP 1
މީދޫގައިވެސް އޭޓީއެމްގެ ހިދުމަތް ފަށައިފި

މީދޫގައިވެސް އޭޓީއެމްގެ ހިދުމަތް ފަށައިފި

އަހުމަދު ޝުރާއު

logo

2/24/2025, 5:05:12 PM

# ދ މީދޫ

--

ދ. މީދޫގައި ބޭންކް އޮފް މޯލްޑިވްސް އިން ގާއިމުކުރި އައު އޭޓީއެމް ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

THE TRAVELLER AD

މިއަދު އެރަށުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ހިދުަމަތް އެރަށުގައި ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މީދޫގައި މިއަދު ފެށި އޭޓީއެމްގެ ހިދުމަތާއި ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މީދޫގައި އައު އޭޓީއެމްއެއް ޤާއިމްކޮށް، ސެލްފް ސަރވިސް ބޭންކިންގެ ޚިދުމަތް ފުޅާކުރެވުނީތީ ބޭންކުން އުފާކުރާ ކަމަށާއި މި ޚިދުމަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށާއި މުޖުތަމަޢަށް ފަސޭހަކަމާއެކު މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށެވެ.

" މި އައު އޭޓީއެމްގެ ސަބަބުން މީދޫގެ ރައްޔިތުންނަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ޒަރޫރީ ބޭންކިންގ މުޢާމަލާތްތައް ރަށުން ކުރެވޭނެ. މީގެ ސަބަބުން މިރަށު ރައްޔިތުންގެ އަގުހުރި ވަގުތާއި ވަސީލަތްތައް ސަލާމަތްކުރެވޭނެ." ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

މީދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެބޭންކުން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 98 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 155 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު އެބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތަކެއް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ.

ކޮމެންޓް
ފަހުގެ
HDC