logoEN
Sto top
ސަލާހު ހިފަހައްޓާލެވޭނެ ފޯމިއުލާއެއް ގާޑިއޯލާއަށް ނުހޯދުނު

ސަލާހު ހިފަހައްޓާލެވޭނެ ފޯމިއުލާއެއް ގާޑިއޯލާއަށް ނުހޯދުނު

ހަސަން ޝަމްއޫން

logo

2/24/2025, 12:30:03 AM

# ލިވަޕޫލް# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާރ ސިޓީ# އިނގިރޭސި ޕްރިމިއާ ލީގު

މުހައްމަދު ސަލާހް މެންޗެސްޓަރ ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ އަމިއްލަ ދަނޑުގައި ލިވަޕޫލް އާއި ދެކޮޅަ ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ޗެންޕިއަން މެންޗެސްޓަރ ސިޓީ ބަލިވެއްޖެއެވެ.

Wamco

ލީގުގައި ލިވަޕޫލުން އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓާންވިލާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، މެންޗެސްޓަރ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 4-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ.

މިމެޗުގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހުގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. ނަމަވެސް މިސީޒަނުގައި އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހް ހުއްޓުވެނޭ ފޯމިއުލާ އެއް ގާޑިއޯލާއަށް ވެސް ނުހޯދުނެވެ.

ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ސަލާހު ވަނީ ލަނޑެއް ކާމިޔާބުކޮށް ލިވަޕޫލަށް މެޗުގެ ލީޑު ހޯދައިދީފައެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 27 މެޗުގައި އެނާ ކާމިޔާބުކުރި 25 ވަނަ ލަނޑެވެ.

މީގެ އިތުރުން މިމެޗުގައި ލިވަޕޫލުން ލީޑު ފުޅާކުރި ލަނޑު ފަހުހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރ ޑޮމެނިކް ސްބޮސްލާއި އެވެ. މިއީ ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މީގެ އިތުރުން ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ލިވަޕޫލުން އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.

މީގެ އިތުރުން ވެސް މެޗުގެ ދެވަނަ ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނޔަޅު ފުތުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަލުން ލިވަޕޫލް ކުރީގައި އޮވެގެމެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިވަޕޫލްގެ މުހައްމަދު ސަލާހް އެވެ

މިނަތީޖާއެކު ލީގުގައި ކުޅުނު 27 މެޗުން ލިވަޕޫލަށް 64 ޕޮއިންޓް ލިބިފައިވާއިރު، އިތުރަށް އެއްމެޗު ކުޅެ 11 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މެޗުން ބަލިވި އެންމެ ފަހުގެ ޗެންޕިއަން މެންޗެސްޓަރ އިން ލީގުގައި ކުޅުނު26 މެޗުން ލިބުނު 44 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside