logoEN
Sto top

ބަންގްލަދޭޝް މާސްޓަރސް ޗެންޕިއަންޝްގައި ވާދަކުރި ރާއްޖެގެ ކުރީގައި އެންމެ ބާރު ދުވުންތެރިއާ އާމިރު، 400 މީޓަރ ބްރައުންޒް މެޑަލާއެކު...

މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށް، ރާއްޖޭގައި ބާއްވާ ފުރަތަމަ "މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2025" ފެށުން 8 މެއި 2025 އަށް ފަސްކޮށްފިއެވެ.

Wamco

މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ރައީސް އަލީ ރައީފް ގާފު ސްޕޯޓްސްއަށް މައުލޫމާތުދިން ދެއްވި ގޮތުގައި ކުރިން މުބާރާތް ބޭއްވުމަށް ތާވަލުކުރީ 1 މެއި 2025 އިން 3 މެއި 2025 އަށް ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. ނަމަވެސް 2 މެއި 2025 ގައި ސާފް ޗެންޕިއަންޝިޕް އެތްލެޓިކްސް މުބާރާތް އިންޑިއާގައި ބޭއްވުމަށް ނިންމުމާއި ގުޅިގެން އެލްތެޓިކްސް އެސޯސިއޭޝަނާއި މަޝްވަރާކުރުމަށްފަހު މުބާރާތުގެ ތާރީޚް ބަދަލުކުރީ... އަދި މީހާރު މުބާރާތް ރީޝެޑިއުލް ކޮށްފައި ވަނީ 8 މެއި 2025 އިން 10 މެއި 2025 އަށް މާލޭ ކުޅިވަރު އެކުވެނީ ސިންތެޓިކް ޓްރެކުގައި ބެއްވުމަށެވެ.

ވޯލްޑް މާސްޓަރސް އެތްލެޓިކްސްގެ މިންގަނޑުތަކަށް ފެތޭގޮތައް ބާއްވާ މިމުބާރާތް މިއަހަރު ފަސް އުމުރުފުރައަކަށް ހުޅުވާލެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުން މަތި، 40 އަހަރުން މަތި، 45 އަހަރުން މަތި، 50 އަހަރުން މަތި އަދި 55 އަހަރުން މަތީގެ އުމުރުފުރައެވެ.

މީގެ އިތުރުން މިމުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތަކަކީ 100 މީޓަރު، 200 މީޓަރު، 1500 މީޓަރު، 5000 މީޓަރު، 10،000 މީޓަރު، 4×400 މީޓަރު (މިކްސް ރިލޭ)، 4×800 މީޓަރު (މިކްސް ރިލޭ)، ޝޮޓް ޕުޓް ތްރޯއިންގ، ޑިސްކަސް ތްރޯއިންގ އަދި ޖެވަލިންގ ތްރޯއިންގ އެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެޓްލީޓުންނަށް ހުޅުވާލެވިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 31 މާރިޗް 2025 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މުބާރާތުގައި ކޮންމެ އެތްލީޓަކަށް ވެސް ގިނަވެގެން ބައިވެރިވެވޭނީ އިންޑިވިޖުއަލް ތިން އިވެންޓް އަދި އެއް ރިލޭގައެވެ. އަދި މުބާރާތުގައި ވާދަކުރާ ކޮންމެ އިންޑިވިޖުއަލް އިވެންޓެއްގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 200 ރުފިޔާ އަދި ޓީމު އިވެންޓަތަކުގެ ތެރެއިން ކޮންމެ ރިލޭއެއްގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 400 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމަތު ހޯއްދެވުމަށް، (7771197 / 7789957) އަށް ގުޅުއްވުމަށް މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސް އިން ވަނީ އެދިލައްވާފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside