logoEN
Sto top
ހުޅުމާލޭގެ ފަޅު ގޯއްޗެއްގައި އަލިފާނުގެ ހާދިސާއެއް!

ހުޅުމާލޭގެ ފަޅު ގޯއްޗެއްގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

2/15/2025, 10:09:59 AM

# އެމްއެންޑީއެފް

--

ހުޅުމާލެ، ފޭސް 1ގެ ފަޅު ގޯއްޗެއްގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

Wamco

ސިފައިން މިއަދު ބުނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަން މި ހާދިސާގެ މަޢުލޫމާތު މިއަދު 11:34 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 11:40 ހާއިރު ކަމަށް ސިފައިން ބުނެއެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ފޭސް 1 ގެ ލޮޓް ނަންބަރު 10063 އާއި ލޮޓް ނަންބަރު 10064 ދެމެދަށް ވާގޮތަށް އެ ސަރަހައްދުގައި ހުރި ލަކުޑި ފަދަ ކުނިތަކެއްގައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside