logoEN
Sto top
އޮފީސް ބިލިއާޑް މުބާރާތުގެ ތަށި ބީއެމްއެލް އާއި ސްޓެލްކޯއަށް

އޮފީސް ބިލިއާޑް މުބާރާތުގެ ތަށި ބީއެމްއެލް އާއި ސްޓެލްކޯއަށް

ހަސަން ޝަމްއޫން

logo

2/21/2025, 5:01:31 AM

# ދިވެހި ކުޅިވަރު # އިންޓަރ އޮފީސް ބިލިއާޑް

ބީއެމްއެލްގެ ކުޅުންތެރިން މުބާރާތުގެ އަންހެން ޑިވިޝަންގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ.. ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

12 ވަނަ އިންޓަރ އޮފީސް/ކުންފުނިތަކުގެ ބިލިއާޑް މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހޯދިއިރު، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސްޓެލްކޯއިން ހޯދައިފިއެވެ.

Wamco

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ސްޓެލްކޯ އިން ހޯދީ ފައިނަލުގައި 2-0 ގެ ނަތީޖާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބަލިކުރުމަށްފަހު އެވެ. އަދި އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ބީއެމްއެލް އިން ހޯދީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ބަލިކުރުމަށްފަހު އެވެ.

މިއަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަނުގައި ފަސް ޓީމަކުން ވާދަކުރިއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ލީގު އުސޫލުންނެވެ. އަދި ލީގު ބުރުގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވުނު އިރު ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު ވާދަކުރިއިރު، ދެވަނަ މެޗުގައި ވާދަކޮށްފައި ވަނީ ލީގުބުރުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ.

ސެމީގެ ފުރަތަމަ މެޗުން މޮޅުވި ޓީމަށް މުބާރާތުގެ ފައިނަލުން ސީދާ ޖާގައެއް ލިބުނުއިރު، ފައިނަލްގެ ދެވަނަ ޖާގަ ލިބުނީ ސެމީގެ ފުރަތަމަ މެޗުން ބަލިވި ޓީމާއި ސެމީގެ ދެވަނަ މެޗުން މޮޅުވި ޓީމުގެ މެޗުގައި ތިންވަނަ ސެމީއެއް ކުޅެ މޮޅުވި ޓީމެވެ.

މިމުބާރާތުގައި ފިރިހެން ޑިވިޝަނުގައި 13 ޓީމަކުން ވާދަކުރިއިރު މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 13 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ވަނީ ހޮވިފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside