
އެމްބާޕޭގެ ހެޓްރިކާއެކު ސިޓީ ކަޓުވާލުމަށްފަހު ރެއާލް މެޑްރިޑުން ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފި
# ރެއާލް މެޑްރިޑް# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާރ ސިޓީ# ޔުއެފާ ޗެމްޕިއަންސްލީގުކިލިއަން އެމްބާޕޭ (ވ)
ޔުއެފާ ޗެންޕިއަންސް ލީގު ޕްލޭއޮފްގައި ޕްރެމިއާ ލީގު ޗެންޕިއަން މެންޗެސްޓާ ސިޓީ 6-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށް އެންމެ ފަހުގެ ޗެންޕިއަން ރެއާލް މެޑްރިޑުން މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިދެޓީމުގެ މެދުގައި ކުޅެވުނު ޕްލޭއޮފް ފުރަތަމަ ލެގުގެ މެޗު މެންޗެސްޓާ ސިޓީގެ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެފައިވާއިރު، ރެއާލްގެ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅެވުނު ދެވަނަ ލެގުގެ މެޗު އެޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، މިމެޗުގައި އެޓީމުގެ ފޯވާޑް ކިލިއަން އެމްބާޕޭ ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. އަދި ސިޓީގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ނިކޯ ގޮންޒާލޭޒް އެވެ.
މީގެ އިތުރުން މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑްގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމްއަށް ދެއްކި ރިނދޫ ކާޑާއެކު ދެރީނދޫ ކާޑު ހަމަވެ، މުބާރާތުގެ ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި ރެއާލް ދަނޑުގައި ކުޅޭ މެޗަށް ބެލިންހަމް ވަނީ ސަސްޕެންޑްވެފައެވެ.
ގުޅުންހުރި

އެސްޓަން ވިލާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރު

އެމްބާޕޭގެ ހެޓްރިކާއެކު ސިޓީ ކަޓުވާލުމަށްފަހު ރެއާލް މެޑްރިޑުން ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފި

ޗެންޕިއަންސް ލީގު: އޭސީ މިލާން ކަޓުވާލުމަށްފަހު ފެނޫޑް ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފި
