
އެޗްއާރް އަދި ފައިނޭންސްގެ އުޞޫލުތަކާއި ޤަވާޢިދުތަކާއި ގުޅޭ ވޯކްޝޮޕެއް ބާއްވައިފި
# ހަޔާ އެޑިއުކޭޝަން މިނިސްޓްރީ--
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގައި "ފެމެލިއަރައިޒޭޝަން ވިތް އެޗްއާރް އެންޑް ފައިނޭންސް ޕޮލިސީސް"ގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.

އެވުޒާރާއިން ބުނީ މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ މިނިސްޓްރީގެ ކޯޕަރޭޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އިސްބޭފުޅުންނާއި ސިޔާސީ މަޤާމްތަކުގައި ތިއްބެވި ބޭފުޅުން އެޗްއާރް އަދި ފައިނޭންސްގެ އުޞޫލުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިކުރުން ކަމަށެވެ.
މި ވޯކްޝޮޕް ކުރިޔަށް ގޮސްފައިވަނީ މިއަދު އެ ވުޒާރާގައި އެވެ.
މި ވޯކްޝޮޕްގައި، ސްކޮލަރޝިޕް ސެކްޝަން، ސްޓޫޑަންޓް ލޯނު ސެކްޝަން ފަދަ އެކި ސެކްޝަންތަކުގެ އިސްބޭފުޅުންނާއި ސިޔާސީ މަޤާމްތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.