
ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ށ ފޮނަދޫއަށް!
# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ--
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢާއިޝަތު ޝިހާމް ށ އަތޮޅު ފުނަދޫއަށް ޒިޔާރަތްކުރައްވައިފިއެވެ.

ވަޒީރުގެ މި ދަތުރުފުޅަކީ ށ އަތޮޅުގައި ޤާއިމްކުރެވިފައިވާ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުގެ މަސައްކަތްތައް ބައްލަވާލެއްވުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ށ އަތޮޅު އަމާންވެށީގައި ތިބި ކުދިންގެ ގާތަށް ޒިޔާރަތްކޮށް އެކުދިންގެ ހާލު ބަލައިލުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި ހަމައެއާއެކު ކަމާ ގުޅުންހުރި އިދާރާތަކާއި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން ވުޒާރާގެ މެންޑޭޓުގެ ދަށުން ފޯރުކޮށްދެވެން ހުރި ޚިދުމަތްތައް ފުޅާކުރުމާއި އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށް، ކުރެވެން ހުރި ކަންކަން ދެނެގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ވަޒީރު މިއަދު ވަނީ ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވާ، އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާ ތަނުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. އޭގެ އިތުރުން އަމާންވެށީގައި ތިބި ކުދިންނަށް ވަޒީރު ވަނީ ޒިޔާރަތްކުރައްވާ، އެ ކުދިންގެ ހާލު ބައްލަވައި، އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، އެކުދިންނަކީ މުޖުތަމައަށް ބޭނުންތެރި ކުދިންތަކެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، އެކުދިންނަށް ބޭނުންވާ ތަމްރީނުތަކާއި، ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތްތައް ވުޒާރާއިން ކުރަމުން ގެންދާއިރު، އެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ށ އަތޮޅު އެފްސީއެސްސީގައި މަސައްކަތްކުރައްވާ ސްޓާފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާ ވަޒީރު ވަނީ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.
އެއާއެކު، އެސްސީއެސްސީއާއި، އަމާންވެށިން ދެމުން ގެންދާ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ބޭނުންވާ ކަންކަން ފަހިކުރުމަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި، ވަޒީރުގެ އަރިހުގައި، ވުޒާރާގެ ތަފާތު ޒިންމާތައް މަތިކޮށްފައިވާ އިސްބޭފުޅުންގެ ޓީމެއް ބައިވެރިވަޑައިގަންނަވައެވެ.
ގުޅުންހުރި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ މިންގަނޑުތަކުގެ ވޯކްޝޯޕެއް ބާއްވައިފި

އެން.އޭ.ޕީ.ޑީ.އައިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް އަލިމަގެއް ހޯދައިދެވޭނެ ފާލަމެއް

ނާދީތަކުގެ ސަބަބުން އިސްރަށްވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަތަން ފާހަގަކުރެވޭ!
