
ފަސް މިލިޔަން ގަސް ޕްރޮގްރާމްގެ ދަށުން، ހޯނޑެއްދޫ ކައުންސިލުން 10 ހާސް ގަސް އިންދަނީ
# ދަނޑުވެރިކަމާއި ބެހޭ ވުޒާރާ--
ރައީސުލްޖުމްހުރިއްޔާގެ ފަސް މިލިޔަންގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ގދ. ހޯނޑެއްދޫގައި އެރަށުކަުއުންސިލުން 10 ހާސް ގަސް އިންދުމަށް ނިންމައިފި އެވެ.

އެކައުންސިލުން މިކަން ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ޚާއްސަ ހަރަކާތެއް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ. އެގޮތުން އެ ހަރަކާތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ބައިވެރިވެވަޑައިގަންނަވާފައި އެވެ.
ފަސްމިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވަޢުދެކެވެ. މި ވަޢުދުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުގައި ގަސް އިންދުމުގެ ހަރަކާތްތައް އަންނަނީ ކުރަމުންނެވެ.
ވަޒީރު ޑރ. މަރްޔަމް މާރިޔާ، ޙޯނޑެއްދޫގައި އޮތް ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިނެވީ، މިހާރު އެކަމަނާ ގދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނެވެ.
މި ދަތުރުފުޅަކީ އެ އަތޮޅުގެ ދަނޑުވެރިކަންކުރާ ރަށްތަކާއި، ފަޅުރަށްތަކުގެ ހާލަތު ބައްލަވާލެއްވުމަށް، އެ އަތޮޅުން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ގުޅުންހުރި

ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ތަނެއް ގާއިމް ކުރަނީ

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް ލީޑް ފާމަރުން ތަމްރީންކުރަނީ

މަޝްރޫޢުތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޝާމިލް ކުރުމުން އިތުރު ފުރިހަމަކަމެއް ލިބޭނެ - މާރިޔާ
