
--
ގދ. އަތޮޅު ކައުންސިލްގެ ދަޢުވަތަކަށް ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އެއަތޮޅަށް މިއަދު ވަޑައިގެންފި އެވެ.

އެވުޒާރާއިން ބުނީ މި ދަތުރުފުޅަކީ އެ އަތޮޅުގެ ދަނޑުވެރިކަންކުރާ ރަށްތަކާއި، ފަޅުރަށްތަކުގެ ހާލަތު ބައްލަވާލެއްވުމަށް ވަޒީރު ކުރައްވާ ދަތުުރުފުޅެއް ކަމަށެވެ.
އެގޮތުން މި ދަތުރުފުޅުގައި ދަނޑުވެރިކަމުގެދާއިރާއިން އެއަތޮޅަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އެ ވުޒާރާ އާއި އަތޮޅު ކައުންސިލާއި ގުޅިގެން ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
މާރިޔާގެ މި ދަތަުރުފުޅުގައި އެކަމަނާގެ އަރިހުގައި އެ ވުޒާރާގެ އިސް ބައެއް ބޭފުޅުންނާއި އިދާރީ ބައެއް މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.
ވަޒީރު ޑރ. މަރްޔަމް މާރިޔާ މި ވުޒާރާއާއި ހަވާލުވެވަޑައިނެވި ފަހުން އަތޮޅުތެރޭގެ ރަށަކަށް އެންމެ ފުރަތަމަ ވަޑައިނެވީ އއ. ތޮއްޑޫ އަށެވެ. އެދަތުރުފުޅުގައި ތޮއްޑޫގެ ކައުންސިލާއި ބައެއް ދަނޑުވެރިންނާއި ބައްދަލުކޮށް ހާލަތު ބައްލަވާފައިވެއެވެ.
ގުޅުންހުރި

މަޝްރޫޢުތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޝާމިލް ކުރުމުން އިތުރު ފުރިހަމަކަމެއް ލިބޭނެ - މާރިޔާ

ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ

ވަޒީރު މާރިޔާ ދަތުރުވެރިންގެ މާރުކޭޓަށް!
