
އައްޑޫ ސިޓީގައި ޑޮލަރު އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބޭންކް އޮފް މޯލްޑިވްސް އިން އައްޑޫ ސިޓީ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށް އައްޑޫ ސިޓީއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

މިރޭ ހުޅުވި އާ އޭޓީއެމް އިން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ޑޮލަރު އޭޓީއެމްގެ އިތުރުން މިހާރު ވެސް ހިތަދޫ ބްރާންޗުގައި ދެ އޭޓީއެމް ގާއިމުކޮށްފައިވާއިރު، އޭގެ ތެރެއިން އެއް އޭޓީއެމް ޚާއްސަ ކުރެވިފައިވަނީ ސެލްފް ސާވިސް ޚިދުމަތަށެވެ. ދެވަނަ އޭޓީއެމް އަކީ ފައިސާ ނެގުމަށް ޚާއްސަކުރެވިފައިވާ އޭޓީއެމް އެކެވެ.
އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވީ " ޑޮލަރު އޭޓީއެމް ގާއިމު ކުރުމަކީ އައްޑޫ ސިޓީގައި ޑޮލަރުގެ މުއާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް" އަދި އިސްލާމިކް ބޭންކިން ޚިދުމަތަށް އިސްކަންދިނުނަށް ގަމު ބުރާންޗަށް ދާދި ފަހުން ގެނެވުނު ބަދަލާއި އެޓީއެމްގެ ޚިދުމަތް ފުޅާކުރުމާއެކު، ބޭންކުން މި ދަނީ އައްޑޫ ސިޓީގައި ބޭންކުގެ ބައިވެރިވުން އިތުރަށް ހަރުދަނާ ކުރަމުން"..
އައްޑޫ ސިޓީއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފުކުރުމާއެކު، ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމައެއް ލިބިގެންދާނެއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ސެންޓަރ، 151 އޭޓީއެމް، އޭޖެންޓް ބޭންކިންގެ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ގުޅުންހުރި

އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް ބީއެމްއެލް މުވައްޒަފުންގެ ދީލަތި އެހީއެއް!

ބީއެމްއެލުން ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނޭވެނެ އިންތިޒާމް ހަމަޖައްސައިފި

ބީއެމްއެލް އިން އައްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި
