
--
ރޯދަ މަހަށް ތައްޔާރުވުމަށް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް އިން މާލޭގެ 4 މިސްކިތެއްގައި ވަށާފާރުގައި ކުލަލުމުގެ ހަރަކާތެއް މިއަދު ހެނދުނު ބާއްވައިފިއެވެ.

މި ހަރަކާތުގައި ބޭންކުގެ 100 އެއްހާ މުވައްޒަފުން ބައިވެރިވިއެވެ.
ވަށާފާރުގައި ކުލަލުމުގެ ހަރަކާތްކުރިޔަށް ގެންގޮސްފައިވާ 4 މިސްކިތަކީ މާލޭ ހުކުރު މިސްކިތާއި ދަރުމަވަންތަ ރަސްގެފާނު މިސްކިތާއި މަސްޖިތުލް ސުލްތާން މުހައްމަދު ޝަމްސުއްދީން ނުވަތަ ބަންޑާރަ މިސްކިތާއި މަސްޖިދުލް ސުލްތާނުލް ޢާދިލް މިސްކިތެވެ
ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ދޭތެރެ ދޭތެރެއިން މިފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގައެވެ.
މިގޮތުން މިދިޔަ އަހަރުވެސް ވަނީ މާލޭގެ މިސްކިތްތަކުގައި ކުލަލުމާއި، މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ހިންގާފައެވެ.
ގުޅުންހުރި

އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް ބީއެމްއެލް މުވައްޒަފުންގެ ދީލަތި އެހީއެއް!

ބީއެމްއެލުން ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނޭވެނެ އިންތިޒާމް ހަމަޖައްސައިފި

ބީއެމްއެލް އިން އައްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި
