logoEN
Sto top
ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކަކާއި އެކު އެމްއައިބީގެ މާހެފުމެއް އަންނަ ހުކުރު ދުވަހު!

ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކަކާއި އެކު އެމްއައިބީގެ މާހެފުމެއް އަންނަ ހުކުރު ދުވަހު!

އަހުމަދު ޝުރާއު

logo

2/16/2025, 2:07:15 PM

# އެމްއައިބީ

ފޮޓޯ : އަދަދު ނޫސް

ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކަކާއި އެކު މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޚާއްސަ މާފެހުމެއް ބޭއްވުމަށް ނިންމައިފި އެވެ.

Wamco

އެބޭންކުން މިއަދު ބުނީ އެބޭންކުގެ ކުޑަކުދިންނަށް ޚާއްސަ އެކައުންޓު ކަމަށްވާ "ބިންގާ އެކައުންޓް" ކަސްޓަމަރުންނަށް ޚާއްސަކޮއްގެން މި މަހުގެ 21ވަނަ ދުވަހު ޚާއްސަ މާހެފުމެއް މާލެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަވީރު 4:00އިން 6:00އަށް އަދި 8:00އިން 10އަށް އޮންނާނެ ކަމަށެވެ.

މި މާހެފުމުގައި އެކައުންޓު ގެންގުޅޭ ކަސްޓަމަރުން ނޫނަސް ހުރިހާ ކުޑަކުދިންނަށް ބައިވެރިވެވޭއިރު، މި މާހެފުމުގެ ހަރަކާތުގައި ޚާއްސަ އިތުރު ހަރަކާތްތައް ކުރިޔަށްދާނެ ކަމަށް އެބޭންކުން ބުނެއެވެ.

އެގޮތުން، "އާސްކް ޑރ. ޒެކް" ގެ ނަމުގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާގެ ހާއްސަ އިވެންޓެއް ބޭއްވުމަށް ނިންމާފައިވާކަމަށާއި އެ އިވެންޓުގައި ކުދިންނަށް ދީނީ އެކި މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައި އެވެ.

އެއެމްއައީބީގެ "ބިންގާ" އެކައުންޓަކީ އެބޭންކުން ކުޑަ ކުދިންނަށް ފަހަށް ރައްކާކުރުމަށް އިޖާދީ ބަދަލެއް ގެނެސް ތައާރަފުކުރި އެކައުންޓެކެވެ. މި އެކައުންޓުގައި ކޮންމެ ކުއްޖަކަށް ވެސް ތިން އެކައުންޓު ލިބޭއިރު، އެއީ ބިންގާ ޓްރާންސެކްޝަން އެކައުންޓަކާއި ބިންގާ ސޭވިން އެކައުންޓަކާއި ބިންގާ އިންވެސްޓް އެކައުންޓެކެވެ. އަދި "ބިންގާ ޓްރާންސެކްޝަން" އެކައުންޓަކީ ކުދިންނަކީ މާލީ ގޮތުން ޒިންމާދާރު ޒަމާނީ ވަސީލަތްތަށް ބޭނުންކުރުމަށް އާދަވެފައިވާ ކުދިބަޔަކަށް ހަދައިދޭނެ އެކައުންޓެކެވެ. މި އެކައުންޓުން ކުދިންނަށް ހަތް އަހަރު ފުރުމުން ކޭޝް ކާޑަކާއި އިންޓަނެޓް ބޭންކިންއަށް އެކްސެސް ލިބޭނެ ކަމަށް އެމްއައިބީން ބުނެއެވެ.

ބިންގާ ސޭވިން އެކައުންޓަކީ ކުދިން ފަހަށް ފައިސާ ރައްކާކުރުމުގެ އާދަ އަށަގަންނަވަން ވަރަށް އެކަށޭނަ އެކައުންޓެއް ކަމަށްވާއިރު، މި އެކައުންޓަކީ ކުރުމުއްދަތަކަށް ފައިސާ ރައްކާކުރުމަށް ޚާއްސަ އެކައުންޓެކެވެ. އެގޮތުން ކުއްޖާއަށް 18 އަހަރު ފުރުމުން އިތުރަށް ކިޔެވުމަށް ނުވަތަ އެޕާޓްމަންޓެއްގެ ޑައުން ޕޭމަންޓް ދެއްކުންފަދަ ކަންކަމަށް ފައިސާ ރައްކާކުރުމަށް މި އެކައުންޓް ބޭނުންކުރެވިދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside