logoEN
Sto top
ފެނަކައިގެ ދަށުން ހިންގަމުންދާ ހުރިހާ އައިސްޕްލާންޓުތަކެއް މިފްކޯއާއި ހަވާލުކޮށްފި

ފެނަކައިގެ ދަށުން ހިންގަމުންދާ ހުރިހާ އައިސްޕްލާންޓުތަކެއް މިފްކޯއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

2/15/2025, 4:34:01 PM

# މިފްކޯ

--

ފެނަކައިގެ ދަށުން ހިންގަމުން ދިޔަ އައިސް ޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކޮށްފި އެވެ.

Wamco

މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ ޚާއްސަ އެއްބަސްވުމުގައި ދެފަރާތުން ވަނީ ސޮއިކޮށްފައި އެވެ. އެގޮތުން މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ މޭޖަރ (ރިޓަޔާރޑް) މުޙައްމަދު ނަޖާޙް އެވެ. އަދި މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އެވެ.

މިކަމާއި ގުޅިގެން މިއަދު މިފްކޯއިން ބުނީ، ފެނަކަ އިން ހިންގަމުން އައި 14 އައިސްޕްލާންޓަކާއި މިފްކޯއިން ހަވާލުވެފައިވާ ކަމަށާއި އެ ކުންފުނީގެ ޓީމްތަކުން މި އައިސްޕްލާންޓްތަކުގެ ފުލް އޮޕަރޭޝަންތައް އަލުން ފަށަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

View post on Twitter

މިފްކޯގެ ދަށުން ހިންގަމުން އައި 14 އައިސްޕްލާންޓެއް ހިންގުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ 2022 ވަނަ އަހަރު އެދެކުންފުނީގެވެސް ކުރީގެ މެނޭޖްމެންޓުންނެވެ. ނަމަވެސް އަލުން މިފްކޯއާއި އައިސްޕްލާންޓުތައް ހަވާލުކުރަން ފެނަކައިން މަސައްކަތް ފެށީ އެމަޝްރޫއުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތައް ވަމުންދިއުމާއި، ކުންފުނީގައި އައިސް ޕްލާންޓް ހިންގުމުގެ ފަންނީ ޤާބިލުކަން ނެތުމާއި އަދި އެ މަސައްކަތަކީ ކުންފުނީގެ މޭންޑޭޓާއި ޚިލާފުވެސް މަސައްކަތަކަށްވާތީ އެވެ.

އެގޮތުން ރައީސް މުއިއްޒުގެ ވެރިކަމާއި އެކު އައު މެނޭޖްމެންޓުގެ ދަށުން އައިސްޕްލާންޓުތައް އަލުން މިފްކޯއާއި ހަވާލުކުރުމުގެ މަސައްކަތް ފެށިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside