
--
ކާނާއިން ހަށިގަނޑަށް ކާނާ ލިބޭ ފަދައިން، މުޖުތަމަޢުއަށްވެސް އޭގެ ފައިދާ ލިބޭކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ދިރިއުޅުމުގެ އަސާސްކަމަށް ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު މާރިޔާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން އޮންނަ ތަނެއްގައި، ތަޢުލީމު ފޯދައި، ޞިއްޙަތު ވަރުގަދަވެ، އިޤްތިޞާދު ކުރިއަރާކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލޭ ހިނދު، އެކަމުގެ ނޭދެވޭ އަސަރު ކުރަނީ ހަމައެކަނި ވަކި ފަރުދަކަށް ނޫންކަމަށާއި.، އޭގެ އަސަރު މުޅި މުޖުތަމަޢުއަށް ކުރާކަމަށެވެ.
އެހެންކަމުން، ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއަކަށް ހަދަންޖެހޭކަމަށާއި ވަކިވަކި ފަރުދުންނާއި، ސަރުކާރާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، އަދި މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.
ގުޅުންހުރި

މަޝްރޫޢުތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޝާމިލް ކުރުމުން އިތުރު ފުރިހަމަކަމެއް ލިބޭނެ - މާރިޔާ

ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ

ވަޒީރު މާރިޔާ ދަތުރުވެރިންގެ މާރުކޭޓަށް!
