
--
ތ ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ހާމަކޮށްފި އެވެ.

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި ކޮނުމާއި ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ.
އަދި މުޅި ޖުމްލަ މަޝްރޫއުގެ 92 ޕަސެންޓް މަސައްކަތް ނިމިފައިވާކަން އެކުންފުނިން ވަނީ ހާމަކޮށްފައި އެވެ.
އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަޙައްދަށް އެޅުމާއި، 220 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫޢަކީ 27.2 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓީސީސީއިން ބުނެއެވެ.
ގުޅުންހުރި

ރައީސްގެ ޚާއްސަ އިރުޝާދުގެ ދަށުން ހުޅުމާލެއާއި ހެންވޭރު ފެރީ ޓާމިނަލްތައް ލޯންޗު ފެރީތަކަށް ހުޅުވާލަނީ

ޢިއްޒުއްދީން ފާލަމުގެ މަސައްކަތުގައި އަަމަލީ ގޮތުން ބައިވެރިވި އެމްޓީސީސީގެ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ނޫމަރާ ބަނދަރު މަޝްރޫއު: އައު ހާބަރ ބޭސިން ފުންކުރުމުގެ 70 އިންސައްތަ ނިމިއްޖެ
