
ބޭހާއި ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް އެސްޓީއޯއާއި އެމްޑީޔޫ އިސްވެ އޮވެ ކޮމެޓިއެއް އުފައްދަނީ!
# އެސްޓީއޯ--
ރައްޔިތުންނަށް ބޭސް ފޯރުކޮއްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން އެސްޓީއޯ އާއި، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

އެސްޓީއޯއިން ބުނީ މި މަޝްވަރާ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާމެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، އެކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާއެކު ބޭސް ލިބޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ބޭހާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، އެސްޓީއޯ، އާސަންދަ، އެމްއެފްޑީއޭ، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ހިމެނޭގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފެއްދުމަށް ވަނީ ނިންމާފައެވެ.
މި ކޮމިޓީގެ ސަބަބުން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށްވެސް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށް، އެކަށީގެންވާ/ރަނގަޅު މަޢުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މީގެއިތުރުން، އެސްޓީއޯއިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މަޢުލޫމާތު ވަގުތުން ބެލޭނެގޮތަށް، ޑޮކްޓަރުންނަށް ޚާއްޞަކޮށްގެން އޮންލައިން ޕްލެޓްފޯމްއެއް ގާއިމްކުރުމަށްވެސް މި ބައްދަލުވުމުގައި ވަނީ ނިންމާފައި އެވެ.
ގުޅުންހުރި

އެސްޓީއޯއިން ރާއްޖެއަށް އޮރެންޖު އެތެރެކޮށް ބާޒާރަށް ނެރެފި، ކިލޯއެއް 35 ރުފިޔާއަށް!

އެސްޓީއޯ ހުޅުމާލެ ސިޓީ ހޮޓެލް އަގުކުރީ 20 މިލިއަން ޑޮލަރަށް: އެޗްޑީސީޢަށް އެތަން ވިއްކާލީ ފޭސް 2 އިން ބިމަކަށް!

އެސްޓީއޯއާއި މަކިޓާގެ 25 އަހަރުގެ ގުޅުން ކުލަގަދަކޮށް ފާހަގަކޮށްފި
