logoEN
Sto top
މަސްވެރި ސިނާއަތަކީ އިންވެސްޓަރުންނަށް ފަހި ސިނާއަތަކަށް ހެދިއްޖެ

މަސްވެރި ސިނާއަތަކީ އިންވެސްޓަރުންނަށް ފަހި ސިނާއަތަކަށް ހެދިއްޖެ

އަހުމަދު ޝުރާއު

logo

2/10/2025, 6:07:20 AM

# އަހުމަދު ޝިޔާމް

--

މަސްވެރި ސިނާއަތަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި ސިނާއަތަށް ހެދިއްޖެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Wamco

"އެމްއެމް ޓީވީ"ގެ ބޮޑު ހަބަރު ޕްރޮގްރާމުގައި ވަޒީރު ވިދާޅުވީ، ބައިނަލްއަގުވާމީ މާކެޓްގައި މަސް ހުންނަ އަގަށް މިފްކޯއިން މަސް ގަންނަން ފެށުމުން މަސްވެރި ސިނާއަތުގައި އޮންނަ ވާދަވެރިކަން އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ސިނާއަތަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް އިތުރުވެފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރަށް ބަރޯސާ ނުވެ މިފްކޯ ހިންގޭނެ މާހައުލެއް މިހާރު އެބައޮތް ކަމަށާއި އެއާއެކު، ބޭރުގެ އިންވެސްޓަރުންނާއި ބޭންކްތަކުން މަސްވެރި ސިނާއަތަށް ކުރާ އިތުބާރު ބޮޑު ކަމަށެވެ.

"މަސްވެރި ސިނާއަތަކީ މިއީ ބޭރުގެ އިންވެސްޓަރުންނާއި ބޭންކްތަކުންވެސް އިންވެސްޓްކުރާނެ ސިނާއަތެއްގެ ގޮތުގައި އެއްކަލަ ސަރުކާރަށް ބަރޯސާ ނުވާ ގޮތަށް މިފްކޯވެސް އޮޕަރޭޓްކުރަން އެ މާހައުލު އެ އުފެއްދެވީ. ހަމަ އެއާއެކު އެ މާހައުލު އުފެދުމާއެކީގައި އެހެން ކުންފުނިތަށްވެސް މީގެ ތެރެއަށް އައީމާ ބޭރުގެ އިންވެސްޓަރުންނަށް އެބަ އެނގޭ މިއީ ރާއްޖޭގައި އިންވެސްޓްކުރަން ރަނގަޅު ދާއިރާއެއްކަން، ރަނގަޅު ސިނާއަތެއް ކަން. ބޭންކްތަކުން ޖެހިލުމެއް ނުވޭ މަސްވެރި ސިނާއަތަށް ލޯނުތައް ދޭކަށް" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސްވެރި ސިނާއަތުން މިއަދު މި ފެންނަ ހެޔޮ ބަދަލުތަކަކީ އިހްލާސްތެރިކަމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަންކަމުގެ ނަތީޖާ ކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside