logoEN
Sto top
ވެމްކޯގެ ހިދުމަތް ކ ގުޅިއަށް!

ވެމްކޯގެ ހިދުމަތް ކ ގުޅިއަށް!

އަހުމަދު ޝުރާއު

logo

2/9/2025, 2:51:17 AM

# ވެމްކޯ

--

ރާއްޖޭގެ ކުނި މެނޭޖްކުރާ މައި ކުންފުނި , ވެމްކޯގެ ހިދުމަތް ކ ގުޅިއަށް ފުޅާކޮށްފި އެވެ.

Wamco

މި ހިދުމަތް އެރަށުގައި ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓްރ އޮފް އެންވަޔަރަމެންޓު އެންޑް ޓުއަރިޒަމް ތޯރިގް އިބްރާހިމް އެވެ.

ވެމްކޯ އިން ބުނީ މި ގުޅީގައި އެ ކުންފުނީގެ ހިދުމަތްތައް ފެށިގެން އަންނާނީ ގޭބިސީތަކުން އުފައްދާ ދުވަހު ކުނި ނަގައިގެން ކަމަށެވެ. ވެމްކޯގެ ވެބްސައިޓް މެދުވެރިކޮށް އެރަށުގެ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ބަރުކުނީގެ ބާވަތްތައް އުކާލުމަށް ދޭ ޚިދުމަތް ކަމަށްވާ ކެޕްސް އަދި ކެޕްސް ލައިޓްގެ ޚިދުމަތްވެސް އެރަށުގައި ފެށިގެންދާނެ ކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯގެ ހިދުމަތް އެރަށުގައި ފެުށުމަށް ބޭނުންވާ ވެހިކަލްތަކާއި އެހެނިގެން މުހިންމު ވަސީލަތްތައް ފާއިތުވި ދުވަސްތަކުގައި އެރަށަށް ވަނީ ގެންގޮސްފައި އެވެ. އަދި އިއްޔެ ހިދުމަތް ރަސްމީކޮށް އެރަށަށް ތައާރަފްކުރި ނަމަވެސް އަމަލީ ގޮތުން މަސައްކަތްތައް ފެށިގެންދާނީ ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށް ވެމްކޯގެ އިސް އޮފިޝަލަކު ވަނީ ގާފު ނޫހަށް މައުލޫމާތުދެމުން ހާމަކޮށްފައެވެ.

ގުޅީގައި ވެމްކޯގެ އޮޕަރޭޝަނަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މިމަހުގެ 4 ވަނަ ދުވަހު އިއުލާނުކޮށްފައިވާއިރު އެމަގާމުތަކަށް ކުރިމަތި ލުމުގެ ސުންގަޑި މާދަމާއަށް ހަމަވާނެ އެވެ.

ވެމްކޯއިން މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު 6 ރަށެއްގައި ހިދުމަތް ދޭން ފަށާފައި ވެއެވެ. އެއީ ތިނަދޫ ސިޓީ , ކުޅުއްދުއްފުށީ ސިޓީ , ކ މާފުށި , ލ ގަން , ލ ފޮނަދޫގެ އިތުރުން ދާދި ފަހުން ހިދުމަތް ފެށި ކ ހިންމަފުއްޓެވެ. މިއާއި އެކު ވެމްކޯގެ ހިދުމަތް މިހާރު ދެމުން އަންނަ ރަށްތަކާއި ސިޓީތަކުގެ އަދަދަކީ 9 އެވެ. މީގެ އިތުރުން ކ ގުރައިދޫއާއި ހއ އިހަވަންދޫގައި ވެސް ވެމްކޯގެ ހިދުމަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside