logoEN
Sto top
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

2/6/2025, 6:50:21 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

Wamco

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ފުނާޑު / އުޑުވިލާގެ، ޢަލީ ހަސަން (34އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހެންވޭރު، ރޯޝަނީ ގޯޅިން މިއަދު ފުލުހުން ޕެޓްރޯލުކުރަމުންދިޔަ އިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.

އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 44 ރަބަރު ޕެކެޓާއި ދެ މޯބައިލް ފޯނުގެ އިތުރުން ފައިސާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside