logoEN
Sto top
އައިޔޫއެމް އިން "އެމިރޭޓްސް ލިޓްފެސްޓް 2025"ގައި ބައިވެރިވެއްޖެ

އައިޔޫއެމް އިން "އެމިރޭޓްސް ލިޓްފެސްޓް 2025"ގައި ބައިވެރިވެއްޖެ

އަހުމަދު ޝުރާއު

logo

2/4/2025, 6:25:13 AM

# އައިޔޫއެމް

--

"އެމިރޭޓްސް ލިޓްފެސްޓް 2025"ގެ ނަމުގައި އިންޓަރކޮންޓިނެންޓަލް ދުބާއީ ސިޓީގައި ބޭއްވުނު މި ފެސްޓިވަލް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ.

Wamco

މި ފެސްޓިވަލް އަކީ އަރަބި ދުނިޔޭގައި ލިޔުންތެރިކަމާއި ބަސްމޮށުންތެރިކަމާއި ބެހޭ، ލިޔުންތެރިންނާއި ވާހަކަދެއްކުންތެރިންގެ އިތުރުން ޅެންވެރިންނަށް ޚާއްސަ ސެމިނާއެކެވެ.

އެގޮތުން، އައިޔޫއެމްގެ ފަރާތުން ޖުމްލަ 4 ދަރިވަރުންނެއް ވަނީ މި ފެސްޓިވަލްގައި ބައިވެރިވެފައެވެ.

40 ޤައުމުގެ 160 ވާހަކަދެއްކުންތެރިން ބައިވެރިވާ މި ފެސްޓިވަލްގައި ތަފާތު ޕެނަލް ޑިސްކަޝަންތަކާއި، ވޯކްޝޮޕްތަށް ވަނީ ކުރިއަށްގެންގޮސްފައިވާއިރު، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އަންނަނީ އެ ޔުނިވާސިޓީގެ ދަރިވަރުންނަށް، މިފަދަ ބައިނަލްއަޤްވާމީ ފެސްޓިވަލްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮއްދެއްވައި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމަށް ކުރިއެރުން ހޯދައިދިނުމަށް އެތަށް މަސައްކަތްތަކެއް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside