logoEN
Sto top
ދިރާސާކުރުމާއި ބެހޭ ވޯކްޝޮޕެއް އައި.ޔޫ.އެމްގައި!

ދިރާސާކުރުމާއި ބެހޭ ވޯކްޝޮޕެއް އައި.ޔޫ.އެމްގައި!

އަހުމަދު ޝުރާއު

logo

8/3/2025, 4:57:24 AM

# އައިޔޫއެމް

--

"ރައިޓިންގ ކުއަންޓިޓޭޓިވް ރިސާރޗް ޕޭޕަރސް ފޮރ ޕަބްލިކޭޝަން އިން އިންޑެކްސްޑް ޖަރނަލްސް"ގެ ނަމުގައި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ ފަރާތުން ދިރާސާކުރުމާއި ގުޅޭ ވޯކްޝޮޕެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

Wamco

އައިޔޫއެމްއިން ބުނީ 4 މަސް ދުވަހަށް ބަހައިލައިގެން ކުރިއަށްގެންދެވޭ މި ވޯކްޝޮޕަކީ ޢިލްމީ ދިރާސާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށާއި މި ވޯކްޝޮޕްގެ މަޤްޞަދަކީ ތަފާތު މަޢުލޫތަކާއި ގުޅޭގޮތުން ދިރާސާކޮށް، އެ ދިރާސާތަކާއި ގުޅޭ ތަފާސް ހިސާބުތަކުގެ ޢަލީގައި ޢިލްމީ ލިޔުންތަށް އުފެއްދުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުން ކަމަށެވެ.

އައި.ޔޫ.އެމްގެ ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ބައިވެރިވުމުގެ 30 ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ބެޗްލަރސް ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތަކަށްވުމާއި، އިނގެރޭސި ބަހުން ލިޔުމާއި ކިޔުމުގެ ޤާބިލްކަން ހުރުން ހިމެނެއެވެ. އަދި މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފީ އަކީ 3،000 ރުފިޔާއެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 20 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ބައިވެރިވުމަށް ހުށަހެޅޭނެއެވެ.

https://tinyurl.com/yeyrv25v

E living
ކޮމެންޓް
E living
ފަހުގެ
HDC