logoEN
Sto top
1997 އަހަރުގެ ފަހުން، ޖަނަވަރީ މަހެއްގައި އެންމެ ގިނައިން މަސްކިރުވީ މިދިޔަ މަހު!

1997 އަހަރުގެ ފަހުން، ޖަނަވަރީ މަހެއްގައި އެންމެ ގިނައިން މަސްކިރުވީ މިދިޔަ މަހު!

އަހުމަދު ޝުރާއު

logo

2/3/2025, 12:33:19 PM

# މިފްކޯ

--

1997 އިން ފެށިގެން ޖެނުއަރީ މަހެއްގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް އެންމެ ގިނައިން މަސްކިރީ މިދިޔަ މަހު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

Wamco

މިފްކޯއިން ބުނީ، މިދިޔަ ޖެނުއަރީ މަހު 8،324 ޓަނުގެ މަސް މިފްކޯ އަށް ކިރުވާފައިވާ ކަމަށާއި މިއީ ފާއިތުވި 28 އަހަރުގެ ތެރޭގައި ޖެނުއަރީ މަހެއްގައި މިފްކޯއަށް އެންމެ ގިނައިން މަސް ކިރުވި ފަހަަރުކަމަށެވެ.

މިފްކޯއަށް މަސްކިރުވާވަރު އިތުރުވެފައިވާއިރު، މަސްވެރިން މިފްކޯއަށް ކިރާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިންނަށް ވަނީ ފައިސާ ދޫކުރަން ފަށާފަ އެވެ.

މިފްކޯ އިން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުން މިދިޔަ ޖެނުއަރީ މަހު 91 ދޯންޏަކުން ކިރުވި މަހަށް 4.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside